
ޖުޑިޝަރީ އަށާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވީ ހުސްނުއް ސުޢޫދު- ބަންޑާރަނައިބު
ޖުޑިޝަރީ އަށާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވީ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވީ 'އަހާ' ފޯރަމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބަންޑާރަނައިބު ޖުޑިޝަރީ އަށާއި, ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުއްވާކަމަށް އެކޯޓްގެ ކުރީގެ ފަނޑިޔާރު ހުސުނުއް ސުޢޫދު ވިދާޅުވި ވިދާޅުވާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެމަނިކުފާނުގެ ފަރާތުން ހަމަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. ބަންޑާރަނައިބު ވިދާޅުވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި, އެބޭފުޅާ ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށެވެ. އެގޮތަށް ދައްކާ ސިޔާސީ ކޮންމެ ވާހަކައަށް ޖަވާބުނުދެއްވާތީ ބައެއް މީހުންނަށް އެއީ ތެދެއް ކަމަށް ގަބޫލުކުރެވެނީ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެކަމަކު މިސަރުކާރު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުއްވާކަމުގެ ޔަގީންކަން ދެއްވިއެވެ.
" ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެގެން މިވީ މުއްދަތުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ހުސްނުއްސުޢޫދު އެކިއެކި މީހުން މެދުވެރިކޮށް ރައީސްއަށް ފޮނުވާފަ ހުރި މެސެޖްތަކާއި, ރައީސްއާ ބައްދަލުވި އެކިފަހަރު ދައްކާފަހުރި ވާހަކަތަކާ ބަލާއިރުގަ ހަގީގަތުގަ ނުފޫޒު ފޯރުވާފަ ހުންނާނީ އެބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފަ ހުންނާނީވެސް އެބޭފުޅާ, ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފަ ހުންނާނީވެސް އެބޭފުޅާ." ބަންޑާރަނައިބު ވިދާޅުވިއެވެ.
ހުސްނުއް ސުޢޫދަށް ތުހުމަތުތައް ކުރެއްވުމަށްފަހު ބަންޑާރަނައިބު ވިދާޅުވީ އެވާހަކަ ދައްކަވަނީ ވަރަށް ޔަގީންކަމާއެކު ކަމަށެވެ. އެއްވެސް ޒަމާނެއްގައި އެއްވެސް ތާކުން އެ މައްސަލަ ތަހުގީގު ކޮށްފިނަމަ ޖަވާބުދާރީ ވެވޭނެ ކަމަށް ވިދާޅުވިއެވެ.
ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނުވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ކުރެއްވި ތުހުމަތުތައްވެސް ބަންޑާރަނައިބު ދޮގު ކުރެއްވިއެވެ. އިންޒާރުދެއްވާ, ބިރުދެއްކެވި ކަމަށް ކުރައްވާ ތުހުމަތަށް ޖަވާބުދެއްވަމުން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި, އެވާހަކަތައް ދައްކަވަނީވެސް ސްލޫކީ މައްސަލައެއް ބަލަން ފެށުމުން ކަމަށެވެ. ކުރިން އެވހަކަތައް ނުދެއްކެވީ ކީއްވެތޯ ބަންޑާރަނައިބު ސުވާލު އުފެއްދެވިއެވެ.
ރިއެކްޝަންސް






