ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ހެދި ގޯހެއް އަދި ފެންނާކަށް ނެތް- ހޯމް މިނިސްޓަރ
އަހާ ފޯރަމްގައި މިނިސްތަރ އިހުސާން ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ހެދި ގޯހެއް އަދި ފެންނާކަށް ނެތް- ހޯމް މިނިސްޓަރ

4 hours ago - 01:40
May 13, 2025 - 01:40
Advertisement
Advertisement

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ހެދި ގޯހެއް އަދި ފެންނަން ނެތްކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އެމައްސަލައިގައި ފުލުހުންނަށް ކުރެވޭ ތުހުމަތުތަކާއެކު އިސްތިއުފާ ދެއްވަން ނުވޭތޯ 'އަހާ' ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ އެއީ އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމައްސަލައިގައި ފުލުހުން އަދިވެސް މަސައްކަތް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ އިތުރު ދެތިން އިދާރާއިން ތަހުގީގު ކުރަމުން ދާކަމަށާއި, އަދިއަދަށް ދާންދެން ފުލުހުން މިމައްސަލައިގަ އަމަލުކުރި ގޮތުގެ އެއްވެސް ގޯހެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ގޯހެއް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ އެފަދަ މައްސަލައެއް އަންނަ ދުވަހަކުން އެކަން ބަލާ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

" ބަލާފަ ފިޔަވަޅު ނާޅައިފިއްޔާ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް." ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ފުރަތަމަ ސޯޝަލް މީޑިޔާ ތެރޭގައި ފެތުރެން ފެށުނު ގޮތުގެ ކަންބޮޑުވުންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވިދާޅުވީ ފުރަތަމަ އެވާހަކަ ދެކެވުނީ ވަރަށް ގޯސްކޮށް ކަމަށެވެ.

" އެވާހަކަ ދެކެވުނު އިރުގަ މިދެކެވެނީ ވަރަށް ބައިވަރު މީހުން ވެގެން ގަދަކަމުން އަންހެން ކުއްޖަކު ދަމާގެންގޮސް ގެޔަކަށް ވައްދާ ޓެރަސްއެއްގެ މަތީގަ އެކުއްޖާ ރޭޕްކޮށް, އެކުއްޖާ ފުރާޅެއްގެ މައްޗަށް އެއްލާލި ވާހަކަ. މިގޮތަށް ވާހަކައައީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވި މައްސަލައެއް މިއީ. އެހެންނަމަވެސް އަޅުގަނޑުމެން މައްސަލައިގަ ހަގީގަތަށް ފައިބާފަ އެވިޑެންސްއާ ހިސާބަށް ދިޔައިރު ފެންނަންހުރި ހުރިހާ ފުޓޭޖްތަކުން މިއީ ދޮގުވާހަކަތަކެއްކަން އިނގިއްޖެ އަޅުގަނޑުމެންނަށް." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ އެމައްސަލައަކީ ތަހުގީގެއްގައި ޢާއްމުކޮށް ނުދޭހާ އަވަހަށް ރައްޔިތުންނަށް މައުލޫމާތުދޭން ފެށި މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް ކުރާ ތުހުމަތުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޚާއްޞަ ކޮމިޝަނެއް އެކުލަވާލައްވާފައެވެ. އެކޮމިޝަނުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement