
އެމެރިކާ-އިޒްރާއިލްގެ ސިފައިންގެ މީހާ މިނިވަންކުރި ފަަހުންވެސް ޣައްޒާގައި 39 މީހުން ޝަހީދުކޮށްލައިފި
ހަމާސްއިން ރަހީނުކޮށްފައިހުރި އެމެރިކާ ދަރިކޮޅުގެ އިޒްރާއިލް ސިފައިންގެ މީހާ, އެޑަން އަލެކްސަންޑަރ މިނިވަންކުރި ފަހުން އިޒްރާއިލްއިން ޣައްޒާއަށް ދިން ހަމަލާތަކުގައި 39 މީހަކު ޝަހީދުކޮށްލައިފިއެވެ.
އަލެކްސަންޑަރ މިނިވަންކުރުމުގެ ވަގުތު ހަމަލަތާތައް ހުއްޓާލާފައި އޮތުމަަށްފަހު އޭނާ ބޯޑަރު ހުރަސްކޮށް އިޒްރާއިލްއަށް އެތެރެވުމާއެކު އިޒްރާިއލްއިންވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ދޭންފަށާފައެވެ.
އަލެކްސަންޑަރ މިނިވަންކޮށްފައިވަނީ ހަމާސް އާއި އެމެރިކާ އާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވުމަށްފަހު އެމަޝްވަރާތަކަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. އެއީ ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާ އިސްވެ އޮވެ ކުރަން ހަމަޖެހިފައިވާ މަޝްވަރާތަކަށް އިތުބާރު ދިނުމުގެ ގޮތުން ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަޝްވަރާތަކަށް އިޒްރާއިލްގެ އޮފިޝަލުން ޤަތަރަަށް ފޮނުވާނެކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވަން ހަމަޖެހިފައިވާ ތިންދުވަހުގެ ދަތުރުފުޅު ނިމެންދެން ޣައްޒާ ހަނގުރާމަ ފުޅާކުރުން މަޑުޖައްސާލާނެކަމަށްވެސް ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ.
ހަމަ މިވަގުތު, އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ މިދަނީ 9 ވަނަ ހަފުތާ ގުނަމުންނެވެ. ޣައްޒާގެ މުޅި އާބާދީ ބަނޑަށްޖެހިދާނެ ކަމުގެ އިންޒާރައެކު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް ވަނީ ޣައްޒާ ބްލޮކޭޑް ނެގުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ.
ރިއެކްޝަންސް






