އުތުރު ޣައްޒާގައި ހުރި ޑަޔަލިސިސް ހެދޭ ހަމައެކަނި ހޮސްޕިޓަލަށް އިޒްރާއިލްއިން ބޮންއަޅާ ބިމާ ހަމަކޮށްލައިފި
އިޒްރާއިލްއިން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ މަންޒަރެއް

އުތުރު ޣައްޒާގައި ހުރި ޑަޔަލިސިސް ހެދޭ ހަމައެކަނި ހޮސްޕިޓަލަށް އިޒްރާއިލްއިން ބޮންއަޅާ ބިމާ ހަމަކޮށްލައިފި

ފާއިތުވި 24 ގަޑިްިރުގެ ތެރޭގައި 51 މިހަކު ވަނީ ޝަހީދުކޮށްލާފައި

2 days ago - 19:32
Jun 2, 2025 - 19:35

އިޒްރާއިލްއިން އުތުރު ޣައްޒާގައި ހުރި ކެންސަރުބަލީގެ ޑަޔަލިސިސް ހެދޭ ހަމައެކަނި  ހޮސްޕިޓަލްއަށް އަށް ބޮންއަޅާ, އެތަން ބިމާ ހަމަކޮށްލައިފިއެވެ. ޤަތުލްއާންމު ފެށިފަހުން އެކަށީގެންވާ ފަރުވާ ނުލިބި ޣައްޒާއިން 400 އަށްވުރެ ގިނަ ކިޑްނީ ބަލި ތަހައްމަލްކުރާ މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. 

އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 51 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ރަފަޙްގައި އިންސާނީ އެހީބަލާ ގޮސްތިބި ރައްޔިތުންގެ ގަޔަށް ބަޑިޖަހާ 31 މީހަކު ޝަހީދުކޮށްލާފައިވާކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.

ހާން ޔޫނިސްގެ އަލް ނަސެރް ހޮސްޕިޓަލަށް ގެންދިޔަ ޒަހަމަވެފައިވާ މީހުންނަށް ހުރިހާ ފަރާތަކުން ޑްރޯން, ޓޭންކަރު އަދި ހެލިކޮޕްޓަރުތަކުންވެސް ހަމަލާދީފައިވާ ކަމުގައި ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ފަަރާތުން އެ ހޮސްޕިޓަލްގައި ފަރުވާދެއްވި ޑޮކްޓަރުން ވަނީ ބުނެފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ދިން ހަމަލާތަކުގައި 503 މީހަކު ޒަހަމްވެފައިވާކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެެވެ.

ކުރިން 'ރައްކާތެރި ސަރަހައްދެއް' ކަމަށްވާ އަލް މަވާސީއަށް މިއަދުވެސް އިޒްރާއިލްއިން ބޮންއަޅާ ހަތަރު މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

Advertisement
Advertisement

އެމެރިކާ އަދި އިޒްރާއިލްއިން  އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން  ފައުންޑޭޝަނުން އެހީގެ ތަކެތި ކޮންމެވެސް ވަރަކަށް ބަހަމުން ދިޔަ ނަމަވެސް އެތަންތަނުގައި ވެސް އިޒްރާއިލްއިންދަނީ ހަމަލާ ދީ އެތައްބަޔަކު މަރަމުންނެވެ. އދ ން ސިފަކޮށްފައިވާ ގޮތުގައި ޖީއެފްއެފް ގެ އެހީދޭ ޕޮއިންޓްތަކަކީ މަރުގެ ދަންތުރަ ތަކެކެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ޣައްޒާގެ ރައްޔިތުންގެ ރަސްމީ އަދަދު 54,470 އަށް އަރާފައިވާ ވާއިރު 124,693 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިިނިސްޓރީން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ޣައްޒާގެ ސަރުކާރު މީޑިއާއިން ބުނާގޮތުގައި ޝަހީދުވީމީހުންގެ އަދަދަު 68,000 މިހާރު އަރާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow