އއ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި
އއ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އއ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

8 months ago - 05:37
Aug 21, 2025 - 05:38
Advertisement
Advertisement

އއ.އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިޚިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނެވެ.

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ 4 އަތޮޅެއްގައެވެ. އެއީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ. ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement