މާލޭގެ ބޮޑުބަޔަކަށް ކަރަންޓް ދީފި
ކަރަންޓް ކެނޑުނީ މުޅި މާލެ އާއި ހުޅުމާލެއިން

މާލޭގެ ބޮޑުބަޔަކަށް ކަރަންޓް ދީފި

ހުޅުމާލެ އަށް ކަރަންޓްދޭން ވަނީ ތައްޔާރުވެފަ

11 months ago - 16:30
Jun 1, 2025 - 16:31
Advertisement
Advertisement

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑު މައްސަލަ ހައްލުކުރަމުން މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފިއެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑު ބަޔަކަށް ކަރަންޓްދީ, ނުދެވި ހުރި ސަރަހައްދުތަކަށްވެސް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެންމެ ފުރަތަމަ ކަރަންޓްދިނީ އައިޖީއެމްއެޗާއި ފަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ކްރިޓިކަލް ޚިދުމަތްދޭ ތަންތަނަށެވެ. ހުޅުމާލޭގެ އިންޖީނުތަކަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓްދޭން ތައްޔާރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިއަދު ބެންދުރު ކަރަންޓްގެ ޚިދުމަތް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއަޕޯރޓުންވެސް ކަރަންޓް ކެނޑި ފްލައިޓް ޝެޑިއުލްއަށްވެސް ވަނީ ބުރޫއަރާފައެވެ. މީގެއިތުރުން ބޭންކްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.

މުޅި މާލެއިން ކަރަންޓް ކެނޑުމުން އެކަން ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement