ވެޓަރަންސް ވޯލްޑްކަޕެއް  އިންގްލެންޑްގައި ބާއްވަނީ

ވެޓަރަންސް ވޯލްޑްކަޕެއް އިންގްލެންޑްގައި ބާއްވަނީ

ފުރަތަަމަ ވެޓަރަންސް ވޯލްޑްކަޕް މިއަހަރުގެ ޖޫންމަހު އިންގްލެންޑްގައި ބާއްވަނީ

6 months ago - 05:53
Feb 9, 2024 - 09:49

އެލީޓް ޕްލޭޔަރސް ގްރޫޕް (އީޕީޖީ) އިން އިންތިޒާމްކޮށްގެން މިއަހަރުގެ ޖޫން 04-11 އަށް އިންގްލެންޑްގައި "އީޕީޖީ ކަޕް"ގެ ނަމުގައި ވޯލްޑްކަޕް ޗެންޕިއަންކަން ހޯދާފައިވާ ގައުމުތަކުގެ މެދުގައި 35 އަހަރުން މަތީގެ ފުޓުްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިމުބާރާތަކީ އެލީޓް ޕްލޭޔަރސް ގްރޫޕާއި މިދިޔައަހަރު ގުޅުނު ކުޅިވަރު ވިޔަފާރިވެރިންގެ ގުރޫޕަކުން ދުނިޔޭގެ ޗެންޕިއަންކަން ހޯދާފައިވާ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

އެގޮތުން މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ގައުމުތަކަކީ ބްރެޒިލް، އިޓަލީ، ޖަރުމަނު، އާޖެންޓީނާ، ފުރާންސް، އުރުގުއާއީ، ސްޕެއިން އަދި އިންގްލެންޑް އެވެ.

ޖުމްލަ 7 މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮކްއައުޓް އުސޫލުންނެވެ.

އެގޮތުން ޖޫން 4 އަދި 5 ވަނަ ދުވަހު ކުއާޓާ ފައިނަލުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލުގެ ދެމެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

މިމުބާރާތަށް ކޮންމެ ގައުމަކުން ވެސް 18 ކުޅުންތެރިންގެ ސްކޮޑުން ނެގުމަށް ހަމަޖެހިފައިވާއިރު، ޓީމު ލިސްޓްގައި ހިމެނޭނީ 35 އަހަރު ފުރި ނުވަތަ އެއަށްވުރެ އުމުރުން ދޮށީ ކުޅުންތެރިންނެވެ.

 އެއިން ކޮންމެ ކުޅުންތެރިއަކީ ގައުމީ ޓީމަށް ކުޅެފައިވާ ނުވަތަ މަތީ ފެންވަރުގައި މަދުވެގެން 100 މެޗު ކުޅެފައިވާ ކުޅުންތެރިއަކަށް ވާން ޖެހެއެވެ.

މީގެ އިތުރުން މުބާރާތުގައި މެޗެއްގެ ދިގުމިނަކީ 70 މިނެޓެވެ. އެއީ 35 ނިނެޓުގެ ދެހާފެވެ. އަދި މެޗުތެރޭގައި ސްކޮޑުގައި ހިމެނޭ 18 ކުޅުންތެރިން ބޭނުންވަރަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމެއްގެ ކެޕްޓަނުންގެ ގޮތުގައި ތިބީ އީޕީޖީގެ ފައުންޑަރުންނެވެ. އެގޮތުން ސްޓީވް މެކްމަނަމަން އިންގްލެންޑް ލީޑު ކުރާއިރު، އާޖެންޓީނާގެ ކެޕްޓަނަކީ އެސްޓެބާން ކެމްބިސޯ އެވެ. ބްރެޒިލްގެ ޓީމު އެމާސަން ލީޑު ކުރާއިރު، ކްރިސްޓިއަން ކަރެމްބެއު (ފްރާންސް)، ކެވިން ކުރަނީ (ޖަރުމަނު)، އިޓަލީގެ މާކޯ މަޓެރާޒީ، ސްޕެއިންގެ މިޝެލް ސަލްގާޑޯ އަދި އުރުގުއޭގެ ޑިއޭގޯ ލުގާނޯ އެވެ.

 ބްރެޒިގެ ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޯސް، ކަފޫ، ކާކާ އަދި އާޖެންޓީނާގެ ހާނަން ކޮރޮސްޕޯ، ފްރާންސްގެ ތިއެރީ ހެންރީ، ޖަރުމަނުގެ އޮޒިލް އަދި ކަދީރާ ގެ އިތުރުން އިންގްލޭންޑްގެ އޭޝްލީ ކޯލް، ޖޯ ކޯލް، ރިއޯ ފާޑިނަންޑް، ޑޭވިޑް ޖޭމްސް، ފްރޭންކް ލަމްޕާޑް އަދި ރޮބީ ފައުލާ ފަދަ ކުޅުންތެރިން މިމުބާރާތުގައި ފެނިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow