ހުޅުމާލޭގައި ބީއެމްއެލްއިން ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

ހުޅުމާލޭގައި ބީއެމްއެލްއިން ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

2 hours ago - 12:41
Mar 22, 2026 - 12:42
Advertisement
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނޭ 1224 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.


މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލެ ފޭސް 2ގައި ހުންނަ ސައިޓުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ބީ.އެމް.އެލް އަދި ސީ.އެމް.އީ.ސީގެ އިސް އޮފިޝަލުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.


ބީ.އެމް.އެލްގެ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލް އަދި ސީ.އެމް.އީ.ސީގެ އިސް ބޭފުޅުންނެވެ. ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.


"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް، ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3,260 ޔުނިޓް ތަރައްޤީކުރުމަށް ހިންގާ ބޮޑު މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ އުސޫލުން އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި ފްލެޓްތައް ބިނާކުރެވޭނެއެވެ.

Advertisement
Advertisement


މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތަފާތު ފަންތިތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖް މެދުވެރިކޮށް ގެދޮރު ގަނެވޭނެ މަގު ފަހިކޮށްދިނުމާއި، ބޯހިޔާވަހިކަމުގެ ދާއިރާގައި ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement