މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގައި ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގައި ހުޅުވާލަނީ

2 hours ago - 12:57
Advertisement
Advertisement

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މާރިޗު މަހުގެ 25 ވާ ބުދަ ދުވަހު ހުޅުއްވައިލުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.


މި އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ. އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޓީން މަޢުލޫމާތު ދެއްވައެވެ.


ޤައުމީ އިނާމާބެހޭ ކޮމިޓީން އިލްތިމާސް ކުރައްވާ ގޮތުގައި، އިނާމަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.
މިއަހަރުވެސް ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. އިނާމަށް ނަން ހުށަހެޅުމުގެ އުޞޫލު ހަމަޖެހިފައިވާ ގޮތުން، އަމިއްލަ ފަރުދުންނަށް އަމިއްލައަށް ނަން ހުށަހެޅުމާއި، އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކުންފުނިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭއިރު، ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށްވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.


ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މީގެ އިތުރުން، ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެއެވެ. އެ އިނާމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.

Advertisement
Advertisement

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement