އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި 21,000 ކުދިން ނުކުޅެދޭކުދިންނަށް ހަދައިފި: އދ
ފައިބުރުކޮށްލަންޖެހިފައިވާ ޣައްޒާގެ ތުއްތު ކުއްޖެއް: ފޮޓޯ: އދ

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި 21,000 ކުދިން ނުކުޅެދޭކުދިންނަށް ހަދައިފި: އދ

5 އަހަރުން ދަށުގެ 132,000 ކުދިން ވަނީ ހައިހޫނު ކަމުގައި މަރުގެ ތުންފަތްމަތީގައި

7 hours ago - 15:06
Sep 5, 2025 - 15:07

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެށިގެން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި މިހާތަނަށް މަދުވެގެން 21,000 ކުދިން ނުކުޅެދޭ ކުދިންނަށް ހަދާފައިވާކަމަށް އދ ން ބުނެފިއެވެ.

އދ ގެ ކޮމިޝަން އޮން ދި ރައިޓްސްޓްސް އޮފް ޑިސެބިލިޓީސް (ސީއާރުޕީޑީ) ން ބުދަ ދުވަހު ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވާގޮތުން ހަނގުރާމައިގައި މިހާތަށް 40,500 ކުޑަކުދިންނަށްވަނީ ބޮޑެތި ޒަހަމްތައް ލިބިފައެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި ކުދިން ދާއިމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަދަލުކޮށްފައިވާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. 

ޣައްޒާ ބަނޑަށް ޖެހިފާއިވާކަން ރަސްމީކޮށް އިއުލާންކޮށްފައިވާތާ މަހެއްވާން ކައިރިވެފައިވާއިރު, ތުއްތު އެތައްކުދިން ނެއް ހައިހޫނުކަމުގައި މަރުގެ ތުންފަތްމަތީގައި ތިބިކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އިންޓެގްރޭޓަަޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ން ޖޫން އާ ހަމައަށް ނަގާފައިވާ މައުލޫމާތު ހިމަނައިގެން އެކުލަވާލި ރިޕޯޓްގައި ވާގޮތުން  5 އަހަރުން ދަށުގެ 132,000 ކުދިން ތިބީ ހައިހޫނު ކަމުގަގެ އިންތިހާގައި މަރުގެ ތުންފަތްމަތީގައެވެ. އެއީ ޣައްޒާ ބަންޑަށް ޖައްސާފައިވާކަން އިއުލާން ކުރުމުގެ ކުރިއެވެ. އެހެންކަމުން މި އަދަދު މިހާރު އެތައް ގުނައަކަށް އިރުވެފައިވާނޭ ކަމަށް ވަނީ ބެލެވިފައވެެ.

Advertisement
Advertisement

ސީއާރުޕީޑީގެ ރިޕޯޓްބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ 83 އިންސައްތަ މީހުން ބޭނުންކުރާ އެކިއެކި އެހީތެރިކަމުގެ އާލާތްތައް މިހާރު ވަނީ ނެތިގޮސް ނުވަތަ އިޒްރާއިލްގެ އަނިޔާވެރިކަމުން ނައްތާލާފައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ އެފަދަ އެހެން އެއްޗެއް ހޯދުމުގެ މާލީ ޤާބިލްކަމެއްވެސް ނެތް ބައެއްކަމުގައި ފާހަގަކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow