
ފަލަޞްޠީނުގެ ނޫސްވެރިޔާ ހޮސާމް ޝަބަތް ޝަހީދުވުމުގެ ކުރިން ކުރި ވަޞިއްޔަތް
ފަލަޞްޠީނުގެ ޒުވާން ނުސްވެރިޔާ ހޮސާމް ޝަބަތަ އިޒްރާއިލްއިން ޝަހީދުކޮށްލީ އިއްޔެއެވެ. ހޮސާމް ދަތުރުކުރަމުންދިޔަ ކާރަށް އިޒްރާއިލްގެ ހަމަލާއެރީ އުތުރު ޣައްޒާގެ އިރުމަތީ ބެއިތް ލަހިއާއިންނެވެ. މީގެ ކުރިންވެސް 23 އަހަރުގެ ނޫސްވެރިޔާ ވަނީ އިޒްރާއިލްގެ ހަމަލާއެއްގައި ޒަޙަމްވެފައެވެ.
މިއީ ހޮސާމް ޝަބަތް ޝަހީދުވުމުގެ ކުރިން އޭނާގެ އެންމެ ފަހު ބަސްކޮޅެވެ. އިސްމާނީ އުއްމަތަށް އޭނާ ކުރި ވަޞިއްޔަތެވެ. މި ބަސްކޮޅު އޭނާގެ ފަރާތުން އޭނާގެ ޓީމުންވަނީ އެކްސްގައި ޕޯސްޓްކޮށްފައެވެ.
"މި މެސެޖު ތިބާއަށް ލިބޭއިރު އަހަރެން ވާނީ މަރާލެވިފައި. ބޮޑަށް ބެލެވޭ ގޮތުގައި އެއީ އިޒްރާއިލްގެ އިސްތިޢުމާރީ ބާރުން ސިދާ އަހަންނަށް އަމާޒުކޮށް ދިން ހަމަލާއެއް. މި ހުރިހާ ކަމެއް ފެށުނުއިރު އަހަރެންގެ އުމުރަކީ 21 އަހަރު. އަހަންނަކީ ކޮލެޖް ދަރިވަރެއް. އެހެން މީހުންހެން އަހަރެންވެސް ހުވަފެންތަކެއް ދެކުނިން. ފާއިތުވި 18 މަސްދުވަހު އަހަރެންގެ ހަޔާތުގެ ހަމަ ކޮންމެ ސިކުންތެއް ހޭދަކުރީ އަހަރެންގެ މީހުންނަށްޓަކައި. އުތުރު ޣައްޒާގައި ހިންގަމުން ދިޔަ ބިރުވެރި ޤަތުލްއާންމުގެ ކޮންމެ މިނިޓެއް އަހަރެން ޑޮކިއުމެންޓްކުރިން. އެއީ އެމީހުން ފޮރުވަމުންދިޔަ އުތުރު ޣައްޒާގެ ބިރުވެރި ހަޤީގަތް މުޅި ދުނިޔެއަށް ހާމަކުރުމަށްޓަކައި. އަހަރެން ނިދީ މަގުތަކުގެ ޕޭމަންޓަތައް މަތީގައި, ސްކޫލްތަކުގައާއި ޓެންޓްތަކުގައި. ކޮންމެ ދުވަކީ ދިރުހުރުމަށްޓަކައި އަހަރެން ކުރި ހަނގުރާމައެއް. އެތައް ދުވަހެއް ބަނޑުހައި ހޫނުކަން މަތީގައި އަހަރެން ހޭދަކުރިން. އެކަމަކު އަހަރެން, އަހަރެންގެ މީހުން ދޫކޮށެއް ނުލަން.
ކީރިތި الله ގެ ވާގިފުޅާއެކު ނޫސްވެރިއެއްގެ ޒިންމާ އަހަރެން އަދާކުރިން. ތެދު ހާމަކުރުމަށް އަހަރެން ހުރިހާ ނުރައްކަލަކަށް ހުށަހެޅުނިން. މިހާރު, އެންމެފަހުން އަހަރެން މި އަރާމުކުރަނީ. ފާއިތުވި 18 މަސްދުވަހު އަހަންނަށް އެއީ ކޮން އެއްޗެއް ކަމެއްވެސް ނޭނގޭ. އަހަރެން މިހުރިހާ ކަމެއް ކުރީ އަހަރެން ފަލަޞްޠީނުގެ ގަޟިއްޔާ ޤަބޫލުކުރާތީ. އަހަރެން ޤަބޫލުކުރާ ގޮތުގައި މިއީ ފަލަޞްޠީނުގެ ބިން. އަދި މި ބިން ދިފާއުކުރުމުގައި އަދި މިބިމުގެ އަހުލުވެރިންނަށް ޚިދުމަތްކުރުމުގައި މަރުވެދާންޖެހުމަކީ އަހަރެން ޙަޔާތުގައިވެސް ލިބުނު އެންމެ މަތިވެރި ޝަރަފް.
އަހަރެން މި އެދެނީ ޣައްޒާގެ ވާހަކަ ދެއްކުން ހުއްޓާނުލުމަށް. ޣައްޒާއާމެދު ދުނިޔޭގެ ނަޒަރު އަނބުރާލިޔަ ނުދިނުމަށް. އަހަރެމެންނަށްޓަކައި ހަނގުރާމަކޮށްދީ. ފަލަޞްޠީނަށް މިނިވަންކަން ލިބެންދެން އަހަރެމެންގެ ވާހަކަތައް ހުއްޓުމެއްނެތި ދައްކައިދީ"
-އުރުތު ޣައްޒާއިން ހޮސާމް ޝައްބަތުގެ ފަރާތުން, އެންމެ ފަހު ފަހަރަށް-
ރިއެކްޝަންސް






