ނައިފަރުގައި ތިމާވެށީގެ ބޮޑު ސިމްޕޯޒިއަމްއެއް
ޖުވެނައިލްގެ ސިމްޕޯޒިއަމްގެ ސެޝަނެއްގެ ތެރެއިން:

ނައިފަރުގައި ތިމާވެށީގެ ބޮޑު ސިމްޕޯޒިއަމްއެއް

7 hours ago - 14:53
Sep 5, 2025 - 14:54
Advertisement
Advertisement

ޅ.ނައިފަރުގައި ތިމާވެއްޓަށް ހޭލުންތެރިކުރުމަށް ބޮޑު ސިމްޕޯޒިއަމްއެއް ފަށައިފިއެވެ. ނައިފަރުގައި މިޕްރޮގްރާމް ކުރިއަށް ގެންދަނީ އެރަށު ޖުވެނައިލް ޖަމްއިއްޔާއިންނެވެ.

މިސިމްޕޯޒިއަމްގައި މިއަދު ކުރިއަށްދަނީ ތިމާވެށީގެ ތަފަތު ދާއިރާތަކުން މީހުން ހޭލުންތެރިކުރުވުމެވެ. ޕްލާސްޓިކާއި, ކަނޑު އަޑީގެ ދިރުންތަކާއި މިނޫންވެސް ތަފާތު ދާއިރާތަކުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަނީ ބައިނަލްއަޤްވާމީ ތިމާވެށީގެ ޖަމްއިއްޔާތަކާއި ރާއްޖޭގެ ތިމާވެށީގެ ޖަމްއިއްޔާތަކުންނެވެ. ޕެނަލް ޑިސްކަޝަންވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ސިމްޕޯޒިއަމް މިއަދު ހެނދުނުން ފެށިގެ ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދެއެވެ.

ނައިފަރު ޖުވެނައިލްއިން މައުލޫމާތު ދިންގޮތުގައި މިއީ ޖުމްލަކޮށް މުޅި ރާއްޖޭގެ ކޮމިއުނިޓީއަށް ވަކިން ޚާއްޞަކޮށް ޒުވާނުންނަށް އަމާޒުކޮށްފައިވާ ސެޝަންތަކެއް ކަމަށެވެ. މިއީ ނައިފަރު ޖުވެނައިލްއިން ކުރިއަށްގެންދާ މިފަދަ ތިންވަނަ ސިމްޕޯޒިއަމްއެވެ.

ސިމްޕޯޒިއަމްގެ އިތުރުން ހޮނިހިރު ދުވަހު ޖުވެނައިލްގެ ޓަރޓަލް ފެސްޓިވަލް ނައިފަރުގައި ކުރިއަށްގެންދާނެއެވެ. މިފެސްޓިވަލްގައި މާލެއާއި ރާއްޖޭގެ އެހެން ބައެއް ރަށްތަކުގެ ސްކޫލްތަކުންވެސް ބައިވެރިވާނެއެވެ. ބައެއް ސްކޫލްތައް މިހާރުވެސް ވަނީ ނައިފަރަށް ގޮސްފައެވެ.

Advertisement
Advertisement

ޅަވިޔަނި ޓަރޓަލް ފެސްޓިވަލް އަކީ 2016 ވަނަ އަހަރު ޖުވެނައިލްއިން ފެށި ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ފެސްޓުވަލް އެކެވެ. ތިމާވެށީގެ ޖަމްއިއްޔާތަކުގެ އިތުރުން ބައެއް ރިސޯރޓްތަކުންވެސް ފެސްޓިވަލްގައި ބައިވެރިވެއެވެ. މިފެސްޓިވަލްގެ މައިގަނޑު ބޭނުމަކަށް އޮތީ ވެލާ ހިމާޔަތް ކުރުމާއި, އެކަމަށް ބާރު އެޅުމެވެ. އެއާއެކު ތިމާވެށީގެ އެހެން މައްސަލަތައް ސަމާލުކަމަށް ގެނެސް ހޭލުންތެރިކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement