މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓާއެކު މުލިން މީހަކު ހައްޔަރުކޮށްފި
އަތުލައިގަން ރަބަރު ޕެކެޓްތައް: ފޮޓޯ-ފުލުހުން

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓާއެކު މުލިން މީހަކު ހައްޔަރުކޮށްފި

8 months ago - 14:34
Sep 5, 2025 - 14:35
Advertisement
Advertisement

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓާއެކު މުލިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކުރީ މ. މުލި / ރުއްކަރަ، ނައުފަލް އަޙްމަދު (33އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ނައިފަލް ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

ނައުފަލް ހައްޔަރުކުރީ އިއްޔެ މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ނައުފަލްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓު ފެނިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement