ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފި
ޕީޖީ އޮފީހުން ބޭއްވި ބަންދު ފޯރަމްގައި ޕީޖީ އައްބާސް ޝަރީފް: ފޮޓޯ-ޕީޖީ އޮފީސް

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފި

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ހޯދަން މިހާރު އެދެވޭނެ

28 days ago - 18:12
May 21, 2025 - 18:12
Advertisement
Advertisement

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ހޯދަން, ބަންދު މުރާޖަޢާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ބަންދު ނިމުމަކަށް ގެންނާނީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންނެވެ. މުރާޖަޢާ ކުރަނީވެސް އެފަދަ މީހުންގެ ބަންދެވެ.

ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެފަދަ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެސެސްމަންޓް ތައްޔާރުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދޭނީ އެސެސްމަންޓަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. ލުއި ދޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށެވެ. އެއީވެސް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައެވެ.

ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދަށް ލުއި ދިނުމަށް އެދެވޭނީ ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިނެވެ. އަދި ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށްވެސް އެކަމާ ގުޅޭ ހުށަހެޅޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމަކީ މިސަރުކާރުގެ ވައުދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement