ދެގުނަ ބޮޑުކޮށް އެއާޕޯޓުގެ އާކާގޯ ޓާމިނަލް ހުޅުވައިފި

ދެގުނަ ބޮޑުކޮށް އެއާޕޯޓުގެ އާކާގޯ ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދެ ގުނަ ބޮޑު ކާގޯ ޓަރމިނަލެއް ހުޅުވައިފި

6 months ago - 18:34
Jan 15, 2024 - 19:02

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ކާގޯ ޓަރމިނަލަށްވުރެ ދެ ގުނަ ބޮޑު ކާގޯ ޓަރމިނަލެއް ހުޅުވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި އާ ކާގޯ ޓާމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވޭ އިރު މި އާ ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.

އާ ކާގޯ ޓާމިނަލުގައި ކުރީގެ ޓާމިނަލަށްވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު އާ ޓާމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ.

އަލަށް ހުޅުވި ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް 3 ބުރީގެ އޮފީސް އިމާރާތެއް ވަނީ ހަދާފައެވެ. މި އޮފީސް ޢިމާރާތުގައި އެއަރލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ޙާއްސަ 55 އޮފީސް ވަނީ ގާއިމުކޮށްފައެވެ. އާ ކާގޯ ޓާމިނަލާއިއެކު ޓާމިނަލުގެ މަސައްކަތްތަކުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ.

އެމްއޭސީއެލްއިން ބުނީ އައު ޓާމިނަލްގައި އެކްސްޕޯޓް ލޯޑިންގ ޕްލެޓްފޯމްތައް ގާއިމްކޮށް، ކާގޯ ލިފްޓާސްވެސް ހަރުކުރާނެކަމަށެވެ. އަދި ކާގޯގެ ހިދުމަތް ފުޅާކޮށް ތަރައްޤީ ކުރެވިގެންދާއިރު ޓާމިނަލް ތެރޭގައި ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ އިލެކްޓްރޯނިކް އުޅަނދުތައްވެސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow