ގދ. ގައްދޫން ގެއްުލުނު ޒަކަރިއްޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ގެއްުލުނު ޒަކަރިއްޔާ މަރުވެފައި އޮއްވާ ފެނިއްޖެ

9 months ago - 13:04
Jul 13, 2025 - 13:06
Advertisement
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ގދ. ގައްދޫން ގެއްލުނު 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު އެރަށް ކައިރީގައި އޮންނަ ފަޅުރަށެއްކަމަށްވާ ގދ. ގަމުގައި މަރުވެެފައި އޮށްވާ ފެނިއްޖެއެވެ.

ޒަކަރިއްޔާ މަރުވެފައިއޮށްވާ ފެނުނީ މިއަދު ހެނދުނު 11:43 ހާއިރު ގަމުގެ ދެކުނުފަރާތު އަތިރިމަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޒަކަރިއްޔާގެ ހަބަރެއްނުވެގެން ހޯދަމުން ދަނީ  ބުރާސްފަތިދުވަހު ކުޑަ ޑިންގީއެއްގައި ގައްދޫން ގަމަށް ދަތުތުކުރިފަހުން ހަބަރެއް ނުވެގެންނެވެ. ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ގައްދޫން ގަމަށް ދިޔަ ޒަކަރިއްޔާ, އެނބުރި ގަމަށްދާން ހަމަ އެދުވަހު 11:15 ކަށްހާއިރު ފުރިކަމަށްވެސް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް އޭގެ ފަހުން ޒަކަރިއްޔާ އެނބުރި ގައްދޫއަށް އައިސްފައިނުވާތީ ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މަސައްކަތުގެ ތެރެއިން ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ވަނީ ކަނޑުގެ 10 މީޓަރު އަޑިން ނަގާފައެވެ.

ފުލުހުން ވިދާޅޫވި ގޮތުގައި ޒަކަރިއްޔާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement