ހުޅުމާލެ ފޭސް1 ގެ 94 ވަނަ ފްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފޭސް1 ގެ 94 ވަނަ ފްލެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި

7 hours ago - 13:18
Jul 13, 2025 - 13:28
Advertisement
Advertisement

ހުޅުމާލެ ފޭސް 1 ގެ 94 ވަނަ ފްލެޓްގައި މިއަދުއަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ޤައުމީ ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފްލެޓްގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާގައެވެ. 

އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައި ވާކަމަށްވެސް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ވަނީ މައުލޫމާތު ދީފައެވެ. އެފަރާތުން ބުނި ގޮތުގައި މި ހާދިސާގައި 11 މީހުން ދިރިއުޅޭ އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.  

އެސަހަރައްދުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ވަނީ އެތަނުގައި ރޯވެފައެވެ. ގިނަ ބިދޭސީންތަކެއް ދިިރިއުޅޭ މިތަނަކީ އާންމުންނަށް ބޮޑު ނުރައްކަލެއްކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ. 

ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވި ވަގުތު ކުޑަދޮރުތަކުން އަލިފާންގަނޑު ބޭރަށް ފެންނަން ހުއްޓެވެ. އަދި އެސަރަހައްދުގައ ވަރަށް ބޮޑަށް ދުމުގެ އަސަރުވެސް ހުއްޓެވެ. އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުގައި ވެސް ބަންކްބެޑް ޖަހާފައި ހުރި އެ އެޕާޓްމަންޓްގެ އެތެރޭގެ ގޮދަޑިތަކާއި އެހެނިހެން ސާމާނުވެސް އެއްކޮށް ހުރީ އަނދާފައެވެ. 

Advertisement
Advertisement

މީގެ ދެ ދުވަސްކުރިން ހުޅުމާލޭގައި ވަނީ އަލިފާނުގެ އެހެން ހާދިސާއެއްވެސް ހިނގާފައެވެ. އެފަހަރު އަލިފާން ނިވާނުލެވި ދިގުލައިގެންދިޔަ އެންސިސްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިވާލެވުނު އިރު ތަންވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement