ޤާނޫނު އަސާސީގައި އެންޓި ޑިފެންޝަން މާއްދާތައް ހިމަނަން ހުށަހެޅި ބިލް ބަލައިގަނެ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ޤާނޫނު އަސާސީގައި އެންޓި ޑިފެންޝަން މާއްދާތައް ހިމަނަން ހުށަހެޅި ބިލް ބަލައިގަނެ ކޮމިޓީއަށް

1 year ago - 12:34
Nov 20, 2024 - 12:35
Advertisement
Advertisement

ޤާނޫނު އަސާސީގައި އެންޓި ޑިފެންޝަން މާއްދާތައް ހިމަނަން ހުށަހެޅި ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. ބިލް ބަލައިގަތީ 69 މެމްބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓްދެއްވީ 12 މެމްބަރުންނެވެ.

މިބިލަކީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލިހުގެ ގޮނޑި ގެއްލޭ އިސްލާހު ހިމެނޭ ބިލެވެ. އަމިއްލަ މެމްބަރަކު ޕާޓީއަކަށް ސޮއިކުރި ނަމަވެސް މިއިސްލާހުގައިވާ ގޮތުން ގޮނޑި ގެއްލޭނެއެވެ. އިސްލާހު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީންނެވެ. ޤާނޫނު އަސާސީ އިސްލާހުކުރެރޭ ވަރުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ވަނީ ޕިއެންސީއަށް ދީފައެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލް މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ. ބިލްގެ ތަޅުމަށް މިއަދު ހުށަހަޅާ, ބަހުސްވެސް މިއަދު ކުރިއަށް ގެންގޮސް ބިލް ބަލައިގަތީވެސް މިއަދުއެވެ. ކޮމިޓީ މަސައްކަތްވެސް މިއަދު ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. މުޅި މަޖިލިހުގެ ކޮމިޓީއަކަށް ބިލް ފޮނުވަން ފާސްވީ 71 މެމްބަރުންގެ ވޯޓުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement