މަޖިލީސް އިންތިޚާބަށް  7000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރ ކުރަން ފޯމް ހުށަހަޅައިފި

މަޖިލީސް އިންތިޚާބަށް 7000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރ ކުރަން ފޯމް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަ ވިއިރު 7،350 ފޯމު ހުށަހަޅާފައިވާ ކަމަށް އީސީ އިން ވިދާޅުވެއްޖެ

8 months ago - 08:20
Feb 8, 2024 - 19:04
Advertisement

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަ ވިއިރު  7،350 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ންވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީކުރަން މިހާތަނަށް 7،350 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 6،465 މީހުންގެ ރީ-ރަޖިސްޓަރީ މިހާރު ކޮށްދީފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ މި މަހު އެކެއްގަ އެވެ. އެ ފުރުސަތު އިއްޔެ ހަވީރު 4:00 އަށް ހަމަވާނެ އެވެ.

އީސީން ކުރިން ބުނި ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް ހުށަނާޅައިފި ނަމަ، ވޯޓުލާން ޖެހޭނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ މީހަކު ރަޖިސްޓަރީވެފައިވާ ތަނަކަށެވެ.

Advertisement

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އީސީން ވަނީ މި އިންތިހާބުގައި 93 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement