ހަމަނުޖެހުން ބޮޑުވެ ވިކްޓްރީއާއި ކުޑަހެންވޭރު ކުޅުނު މެޗު ހުއްޓާލައިފި

ހަމަނުޖެހުން ބޮޑުވެ ވިކްޓްރީއާއި ކުޑަހެންވޭރު ކުޅުނު މެޗު ހުއްޓާލައިފި

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިއަދު ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި ހަމަނުޖެހުން ހިނގައި ހުއްޓާލަން ޖެހިއްޖެ

6 months ago - 07:11
Feb 8, 2024 - 12:02

އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިއަދު ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި ހަމަނުޖެހުން ހިނގައި ހުއްޓާލަން ޖެހިއްޖެއެވެ.

މި މެޗުގެ ކުޅުން ދެވަނަ ހާފްގެ 81 ވަނަ މިނެޓުގައި ހުއްޓާލިއިރު، 3-1 އިން ކުރީގައި އޮތީ ވިކްޓަރީއެވެ.

މެޗު ހުއްޓާލީ ދެ ޓީމުގެ ދެ ކުޅުންތެރިއެއް ދޭތެރޭ ހިނގި ހަމަނުޖެހުމަކަށް ފަހު، ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ވެސް ހަމަނުޖެހުން ބޮޑުވެގެންނެވެ.

މެޗާ މެދުގައި ގޮތެއް ނުނިންމި ގިނައިރުތަކެއް ދިއުމަށް ފަހު، އެފްއޭއެމުން ނިންމީ މެޗު ނިންމާލުމަށެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ވިކްޓަރީން ލީޑް ނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމައިރެވެ.

މި ގޯލު ކާމިޔާބު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް މެޗުގެ 15 ވަނަ މިނެޓުގައި ވިކްޓަރީ އަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ފާރޫގު ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން އެ ޓީމުން ލީޑް ފުޅާ ކުރިއެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ކުޑަހެންވޭރުންގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ގޯލްއް ޖަހާ މެޗުގެ ފަރަގު ކުޑަކުރިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގަ އޮވެގެންނެވެ.

ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިިނެޓްގައި ކުޑަހެންވޭރު އޭރިއާތެރެއިން ވިކްޓަރީގެ އުމެއިރަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވަލްޝީޗޭފްއެވެ.

ވިކްޓަރީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން ގުރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. 

ކުޑަހެންވޭރު ޔުނައިޑެޓްއިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ގުރޫޕު ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓް ހޯދައިގެން ގުރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow