އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިމަހު 8 ގައި
ފޮޓޯ: ސޯޝަލް މީޑިއާ

އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިމަހު 8 ގައި

އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުން އަންނަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި އޭ.އެފްސީން ދީފައިވާ އިރުޝާދާ އެއްގޮތަށް އެފް.އޭ.އެމްގެ ކޮމެޓީތަކެއް އަލުން އެކުލަވާލުމުގެ ގޮތުން ކަމަށް އެއިދާރާއިން ބުނޭ.

6 months ago - 03:26
Feb 2, 2024 - 03:38

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މި މަހުގެ އަށް ވަނަދުވަހު ބާއްވާނެކަމަށް އެއިދާރާއިން ވިދާޅުވެއްޖެއެވެ.

އެފް.އޭ.އެމްއިން ވިދާޅުވީ އެއީ އެފް.އޭ.އެމްގެ އަސާސީ ގަވާއިދުގެ ދަށުން އިލެކްޓޯރަލް ކޯޑުގައި ބަޔާންކޮށްފައިވާ ކޮމިޓީތައް އިންތިޚާބުކުރުމަށާއި އެކޮމިޓީތައް އައްޔަންކުރުމުގެ ގޮތުން ހިންގާ ކޮމިޓީން ނިންމައިގެން ބޭއްވުމަށް ނިންމާފައިވާ ޖަލްސާއެއް ކަމަށެވެ.

އެގޮތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ކޮމެޓީ ތަކުގެ ތެރޭގައި ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމިޓީގެ އިތުރުން އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލްސް ކޮމިޓީ ހިމެނެއެވެ.

އެއީ ފީފާ އާއި އޭއެފްސީން ވެސް ކޮންގްރެސްއަކުން އިންތިޚާބުކުރަން އަންގާފައިވާ ކޮމިޓީތައް ކަމަށް އެފް.އޭ.އެމްއިން މައުލޫމާތު ދެއްވިއެވެ.

ފައިސާއާއި ޚިޔާނާތުގެ މައްސަލަ ބޮޑުވެފައިވާ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފް.އޭ.އެމް އިން ވަނީ ވޭތުވެދިޔަ ހަފްތާތެރޭ އެއިދާރާގެ އިންތިޚާބު ބޭއްވުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އެހެން ނަމަވެސް އެކަން ހުއްޓާލާފައިވަނީ ފީފާއާއި އޭއެފްސީންވެސް އެ އިންތިޚާބުގެ ހުރިހާ ކަމެއް ކުރުން ހުއްޓާލުމަށް އެފް.އޭ.އެމްއަށް އެންގުމުންނެވެ.

ފީފާ އާއި އޭއެފްސީން އަންގާފައިވަނީ ކޮންގްރެސްއެއް ބާއްވައި، ކޮމިޓީތައް އިންތިޚާބުކުރުމަށްފަހު ހިންގާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން އާ ފެށުމަކުން އަލުން ކުރިއަށްގެންދިއުމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow