ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރައީސް މުއިއްޒުއާ މޯދީ ޗައިނާގައި ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

8 months ago - 18:32
Aug 31, 2025 - 18:47
Advertisement
Advertisement

ޗައިނާގައި ރައީސްގެ ދައުވަތަކަށް އެގައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުން ބައްދަލުކުރެއްވި ފޮޓޯއާއެކު އެކަން ހިއްސާކުރެއްވީ އިންދިޔާގެ ބޮޑުވަޒީރު މޯދީއެވެ. ދެބޭފުޅުން ބައްދަލުވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެކްސްގައި މޯދީ ވިދާޅުވީ އެސްސީއޯ ސަމިޓްގެ ތެރެއިން ޓިއަންޖިން އިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މޯދީ ވިދާޅުވީ އިންޑިޔާއާ ރާއްޖޭގެ ގުޅުމުގެ ތެރެއިން ރައްޖޭގެ ތަރައްޤީއަށް ފައިދާ ކުރާނެ ކަމަށެވެ.

މޯދީ ވަނީ މިއަހަރު ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. ރަސްމީ ވާހަކަތައްވެސް ކުރިއަށް ގެންދެވުމަށްފަހު އެނބުރި ވަޑައިގަތޫ ޖެހިގެން އައި 26 ވަނަ ދުވަހުއެވެ. އޭގެކުރިން ރައީސް މުއިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު އާދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement