މާލޭގައި ބަނގުރާގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރާގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

2 hours ago - 01:12
Advertisement
Advertisement

ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ ބިދޭސީއަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.


ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) އެވެ.


މި ދެ މީހުން ހައްޔަރުކުރީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން އެ މީހުން އަތުގައި ހުރި ތަކެއްޗާއި، އެ މީހުން ދުއްވި ސައިކަލުގެ އިތުރުން އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ޖުމްލަ 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.


މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މިހާރު މި ދެ މީހުން ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި އެ މީހުން ދުއްވި ސައިކަލު ފުލުހުން ވަނީ ޓޯކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement