ބޯހިޔާވަހިކަމުގެ އައު ސްކީމްތަކަކީ ރައްޔިތުންނަށް ލިބޭނެ ދާއިމީ ހައްލެއް: މިނިސްޓަރ  މުއްޠަލިބު

ބޯހިޔާވަހިކަމުގެ އައު ސްކީމްތަކަކީ ރައްޔިތުންނަށް ލިބޭނެ ދާއިމީ ހައްލެއް: މިނިސްޓަރ މުއްޠަލިބު

60 minutes ago - 21:55
Advertisement
Advertisement

ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރާ އައު ސްކީމްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިއީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ލިބިގެންދާނެ ދާއިމީ ޙައްލެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ތަޢާރަފުކުރެވޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތަކުގެ ސަބަބުން، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށާއި އަލަށް ފްލެޓް ނުވަތަ ރޯހައުސް ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އިދާރާތަކުން ލޯނު ނެގުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ސްކީމްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކޮށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާމަކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement