ބާރަށު އިކޯ ޓޫރިޒަމް މަޝްރޫއު ވެގެންދާނީ އެސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުމުގެ ފެށުމަށް- ފައިސަލް
ބާރަށު އިކޯ ޓޫރިޒަމް މަޝްރޫއު ވެގެންދާނީ އެސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުމުގެ ފެށުމަށް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ ހއ.ބާރަށުގައި އިކޯ ޓޫރިޒަމް ފެށުމަށް އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ވަޒީރު ވިދާޅުވީ ހަނިމާދޫ އެއަޕޯރޓް ނިމެންވާއިރަށް އެތާ ކައިރީގައި ގިނަ އެނދުތަކެއް ޑިވެލޮޕް ކުރުމަކީ ވަރަށްބޮޑު އިސްކަމެއް ދިގެން ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ. ހަނިމާދޫން ބާރަށަށް ސްޕީޑް ބޯޓްގައި ފަސް މިނިޓުން ދެއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަން ޑިވެލޮޕް ކުރަން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެކަމަކީ ހަމައެކަނި ބާރަށުގައި ކުރާ ކަމެއް ނޫން ކަމަށާއި, ޓޫރިޒަމް ނެތް ތަންތަނުގައި ޓޫރިޒަމް ޑިވެލޮޕް ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން އހުރި ފުރުޞަތުތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓްމަންޓް ފޯރަމްތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ.
" އަޅުގަނޑު އުއްމީދުކުރަނި މިހުޅުވާލެވުނު ބިޑްގައި އެކަށީގެންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް. ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރަން ބީލަމަށް ހުޅުވާލުމާއެކު، މިމަޝްރޫޢުވެގެން ދާނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް:" ފައިސަލް ވިދާޅުވިއެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ބާރަށު ރައްޔިތުންގެ އެދުމަކީ އެމީހުންގެ ދަރިންނަށް އެމީހުންގެ އުފަން ފަސްގަނޑުގައި ތިބެގެން ވަޒީފާގެ ފުރުޞަތުތައް ލިބޭނެގޮތް ވުން ކަމަށެވެ. ބާރަށު އިކޯ ޓޫރިޒަމް ޕްރޮޖެކްޓަކީ އެފަދަ މަޝްރޫއެއްކަމަށް ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީން ޕްރޮޖެކްޓް ޑިޒައިން ކޮށްފައި އޮތީ ވަރަށް މަދު ސީއެސްއާރު ބައިތަކެއް. ހިމަނައިގެން, އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ބާރަށަކީ ކުރިއަށް އޮތްތަނުގައި ލޯކަލް ޓޫރިޒަމްގައި އެންމެ ރަނގަޅު އެއް ސަރަހައްދަށް ވެގެންދާނެ ކަމަށެވެ.
" އެންމެ ރަނގަޅު އެއް ސްޕޮޓަށް ވެގެންދާނެ ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ޑިވެލޮޕް ކުރުމަށްޓަކައި ބާރަށުގެ ލޮކޭޝަން. ހަނިމާދޫ އެއަޕޯރޓުން ނެރުން ނެރަށް ލޯންޗްގައި ފަސް މިނިޓް. ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯރޓަށް ބޭރުގެ ފަސިންޖަރ ލައިންތައް ޑައިރެކްޓް ފްލައިޓްތައް އަންނަން ފެށީމަ އެންމެ ރަނގަޅު އެއް ލޮކޭޝަނަށް ވާނެ ބާރަށް." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އިންވެސްޓަރުންނަށް ވަރަށް ފަހިކޮށް ޑިޒައިންކޮށްފައި އޮތް މި ޕްރޮޖެކްޓަށް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ހަނިމާދޫ އެއަޕޯރޓް ޑިވެލޮޕްވެގެން އަންނައިރު އެންމެ ރަނގަޅު އެއް އޭރިޔާއަކަށް ވާނީ ބާރަށުގެ ގުދުރަތީ ރީތި, މުއްސަނދިކަން ލިބިފައި އޮތް އޭރިޔާކަން ތަކުރާރުކޮށް ބާރަށަށް އުފަން މެމްބަރު ފާހަގަކުރެއްވިއެވެ.
ބާރަށުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 71,832 އަކަމީޓަރެވެ.
ރިއެކްޝަންސް