ގުރައިދޫ އެއާޕޯޓް މަޝްރޫއު: ބިން ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ގުރައިދޫ އެއާޕޯޓް މަޝްރޫއު: ބިން ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

2 hours ago - 14:21
Advertisement
Advertisement

ތ. ގުރައިދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށްފަހު، އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ހިލަ ޖެހުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.


އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތަށް ބޭނުންވާ 17,000 ޓަނުގެ ހިލަ މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.


ޖުމްލަ 106.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދާ ރައްކާތެރިކަމުގެ މަސައްކަތްތަކުގެ ތެރޭގައި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރިވެޓްމެންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.


އާބާދީގައި 2,272 މީހުން ދިރިއުޅޭ ގުރައިދޫއަކީ ތ. އަތޮޅުގެ ވިޔަފާރީގެ މުހިއްމު މަރުކަޒެކެވެ. މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ފަތުރުވެރިކަމުގެ ދާއިރާގައި އެ ރަށުގެ ރައްޔިތުން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނައިރު، އެއާޕޯޓް މަޝްރޫއަކީ ރަށުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެކެވެ.


އެމްޓީސީސީން ފާހަގަކުރާ ގޮތުގައި، މި އެއާޕޯޓް ހުޅުވުމާއެކު ދަތުރުފަތުރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގެސްޓްހައުސް ވިޔަފާރި އާއި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރު މަތިވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement