ލޭ ހަދިޔާ ކުރާމީހުންގެ އަދަދު އިތުރުކުރުމަށް, އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖްތަކުގެ ދަރިވަރުން
ލޭހަދިޔާ ކުރުމަާް ބާރުއަޅާ އެމްބެސެޑަރުން

ލޭ ހަދިޔާ ކުރާމީހުންގެ އަދަދު އިތުރުކުރުމަށް, އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖްތަކުގެ ދަރިވަރުން

11 months ago - 12:46
Jun 16, 2025 - 12:47
Advertisement
Advertisement

ލޭ ހަދިޔާ ކުރާމީހުންގެ އަދަދު އިތުރުކުރުމަށް, އެމްބެސެޑަރުންގެ ގޮތުގައި ކޮލެޖްތަކުގެ ދަރިވަރުން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހެލްތް މިނިސްޓްރީން ވަނީ ހަ ކޮލްޖެ ޔުނިވަރސިޓީއަކާއެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހެލްތް މިނިސްޓްރީން ސޮއިކުރީ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އާއި ވިލާ ކޮލެޖާއި, އެމްއެންޔޫ ބިޒްނަސް ސްކޫލާއި, ޒިކުރާ ކޮލެޖްގެ އިތުރުން އައިލެންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިއުކޭޝަންއާއެކުއެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުالله ނާޠިމް އިބްރާހީމް އެވެ. އެއްބަސްވުންތަކުގައި ހިމެނެނީ ލޭ ހަދިޔާކުރަން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމާއި, ޢާއްމުންގެ އެއްބާރުލުން ހޯދައިގެން ހިލޭ ސާބަހަށް ލޭހަދިޔާކުރާ މީހުން އިތުރު ކުރުމާއި, އެކަން ކުރިއަރުވާ އެހީތެރިވުމެވެ.

ލޭހަދިޔާކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މުއައްސަސާތަކަށް އެހީތެރިވެދިނުންވެސް އެމްބެސެޑަރުންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ގަވާއިދުން ލޭހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުވިޔަސް ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި އަދިވެސް ދަތިކަން ކުރިމަތިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement