މަސްތުވާ ތަކެއްޗާއި އެކު 62 އަހަރުގެ މީހަކު ރ. އިނގުރައިދޫ އިން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރެވުނު މީހުން / ފޮޓޯ: ޕޮލިސް

މަސްތުވާ ތަކެއްޗާއި އެކު 62 އަހަރުގެ މީހަކު ރ. އިނގުރައިދޫ އިން ހައްޔަރުކޮށްފި

11 months ago - 14:37
Jun 16, 2025 - 14:46
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ.އިނގުރައިދޫން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ / ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް އެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހުގެ 14 ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

މިމައްސަލަ  ތަހުގީގު ކުރަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement