
ޕާކިސްތާނުގައި ފެންބޮޑުވެ އެއްދުވަހުން 63 މަރު, ޖުމްލަ 159 މީހުން ވަނީ ވަނީ މަރުވެފައި
ބޯކޮށްވާރޭވެހޭތާ މަހެއްހާ ދުވަހުގެ ތެރޭގައި އެތައްހާސް ގެއެއް ވަނީ ހަލާކުވެފައި
ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ޕަންޖާބު ޕްރޮވިންސުން އެއްދުވަހުގެ ތެރޭގައި 63 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ފާއިތިވި 24ގަޑިއިރުގެ ތެރޭގައި 300 މީހުން ޒަހަމްވެފައިވާކަމަށްވެސް އެ ޕްރޮވިންސްގެ އޮޕިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
ފާއިތުވި ޖޫންމަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގެ ފެންބޮޑުވެ މިހާތަަނަށް 159 މީހަކު މަރުވެފައިވާކަމަށްވެސް އިދާރާތަކުން ވަނީ ބުނެފައެވެ.
އިއްޔެ ވެހުނު ވާރޭގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އިމާރާތްތައް ވެއްޓިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އިއްޔެ ލާހޯރުންވެސް 15 މީހުން މަރުވެފައިވާއިރު ގިނަ މީހުން މަރުވެފައިވަނީ އިމާރާތްތައް ވެއްޓުމާ ގުޅިގެންނެވެ. ފައިސަލްއަބާދުން 9 މީހަކު މަރުވެފައިވާއިރު ދަނޑުވެރި އަވަށްތަކެއް ކަމުގައިވާ އޮކާރާ,ސަހީވަލް އަދި ޕަކްޕައްޓާންއިންވެސް ވަނީ ގިނަބަޔަކު މަރުވެފައެވެ.
މީހުންސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމްތަކުން ކޯރުތަކުގެ އައްސޭރިތަކުގައި ދިރިއުޅޭ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ބޯޓްތަކުގައި ދަނީ ކުރަމުންނެވެ.
ރިއެކްޝަންސް






