ބެހުނު ޑިންގީ އެއް ހޯދަމުން ދަނިކޮށް ބަނޑުންޖަހާލާފައިވާ އިތުރު ޑިންގީއެއް ފެނިއްޖެ
ބަނޑުން ޖަހާލާފައިވާ ޑންގީ މަތީގައި ދެ މީހުން ސަލާމަތުން. ފޮޓޯ: ޕޮލިސް

ބެހުނު ޑިންގީ އެއް ހޯދަމުން ދަނިކޮށް ބަނޑުންޖަހާލާފައިވާ އިތުރު ޑިންގީއެއް ފެނިއްޖެ

ޑިންގީން ދަތުރުކުރި 2 މީހުންގެ ހާލު ރަނގަޅު, އަނެއް ޑިންގީވެސް ފެނިއްޖެ

9 months ago - 12:06
Jul 18, 2025 - 12:08
Advertisement
Advertisement

ގދ. މަޑެވެއްޔާ ދިމާ ބޭރުން ދަރުރުކުރަމުންދިޔަ ޑިންގީއެއް  ބެހިގެން މިއަދު ހެނދުނު ފުުހުންނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ޑިންގީ ހޯދަމުން ދަނިކޮށް, ބެހިގެން އޮޔާގޮސް ބަންޑުން ޖަހާލާފައިވާ އިތުރު ޑިންގީއެއް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. 

މިއަދު 8:39 ގައި ލިބުނު ރިޕޯޓަަކާ ގުޅިގެން ފުލުހުންނާއި އެމްއެމްޑީއެފް ސާޗް ޓީމުތަކުން އެސަރަހައްދުގައ ހަރަކާތްތެރިވަމުން ދަނިކޮށް  ބެހިފައިވާ އިތުރު ޑިންގީއެއް ފެނި އޭގެން ދަތުރުކުރި މީހުން އެމްއެންޑީއެފް އިން ސަލާމަތްކޮށް މަޑަވެއްޔަށް ގެންދިއުމަށް ސިފައިން އެހީތެރިވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެެ. 

މިއަދު 11:04 ހާއިރު ޑިން ގީ ފެނުނުއިރު އޭގެން ދަތުރުކުރި ދެމީހުން ތިބީ ބަންޑުން ޖަހާލާފައިވާ ޑިންގީގެ މަތީގައި ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ. އެއީ 40 އަހަރާއި 66 އަހަރުގެ ދެ ދިވެހިންކަމަށާއި, ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ގެއްލިގެން ރިޕޯޓްކުރި ޑިންގީވެސް މިހާރު ވަނީ ފެނިފައެވެެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement