
މުޅި ރާއްޖެއަށް މޫސުން ގޯސް, ދަތުރުފަތުރު ކުރުމުގައި ސަމާލުވޭ!
މާލެ ސަހަރައްދަށްވެސް ވައިބާރު, ހުޅުމާލެއަށް ވަނީ 52 ކިލޯމީޓަރަށް ވައިޖެހިފައި
މުޅިރާއްޖެއަށް, ހާއްސަކޮށް އުތުރާއި ދެކުނަށް ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އިއްޔެއިން ފެށިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ ފުލުފުލުގައި ހުދާއި, ރީނދޫ ސަމާލުތައް ނެރެމުންނެވެ.
ހުޅަނގު މޫސުމުގެ ފުސް ނަކަތް ފެށިފައިވާއި މިއަދަކީ ނަކަތުން ހަތަރުވަނަ ދުވަހެވެ. ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށް ކަނޑާއި އެއްގަމު މަގުން, ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ޤަުމީ އިދާރާއިން ކުރިން ލަފާކޮށްފައި އޮތީ އިއްޔެއާ ހަމަައަށް މޫސުން ގޯސްވާނެކަމަށެވެ. ނަމަވެސް ފާއިތުވެ ދިޔަ 4 ދުވަހަަށްވުރެ މިއަދު މޫސުން ގޯސްވެ މާލެސަރަހައްދަށްވެސް ވަނީ ބާރަށް ވައިޖެހިފައެވެ. ހުޅުމާލެއަށް މިއަދު 52 ކިލޯ މީޓަރަށް ވަނީ ވައިގަދަ ވެފައިކަމުގައި އެއިދާރާގެ އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ.
ވައިގަދަ ވުމާގުޅިގެން މިއަދު ހުޅުމާލޭގައި ގަސްތަކުގެ އޮފިގަނޑުތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް ހިންގާފައި ވާއިރު ފޭސް 2 ބަސް ޓަރމިނަލް އަކަށް ގެއްލުން ލިބިފައިވާ ކަމުގަެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
މެޓް އޮފީހުގެ ސަމާލުތަކުގައި ވާގޮތުން އާންމުގޮތެއްގައި މިހާރު ވައިހުރީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެ އިދާރާގެ ސަމާލުތަކުގައި ވާގޮތުން ވިލާގަނޑުތަކުގައި ކަނޑާއި, ކަނޑުއޮޅިތައް ގަދަވާނެތީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށށިގެންވާ ކަމަށާއި, ބޮޑު ބަޔަކަށް ގުގުރާ ބޯކޮށް ވިއްސާރަކުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ރިއެކްޝަންސް






