
ޑުރޫޒުންނާއި ބެޑޮއިން ސުލްހަވުމުގެ އަހުދު ފެއިލްވެ ސީރިއާގެ ސަލާމަތީ ބާރުތައް އަލުން ސުވާއިދާއަށް
ސިރިއާގެ ސުވާއިދާ ޕްރޮވިންސްގައި ދިރިއުޅޭ އެޤައުމުގެ މައިނޯރިޓީ ޑްރޫޒުންނާއި ބެޑޮއިންގެ ދެމެދުގައި ހިނގާދިޔަ ހަަމަޖުނެހުންތަކަށް ފަހު ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުން ނާކާމިޔާބުވެ, ސަރަހައްދުގެ އާންމުގެ ސަލާމަތާއި, ރައްކާތެރިކަމަށްޓަކައި ސީރިއާގެ ސަލާމަތީ ބާރުތަކުން އަލުން އެސަރަހައްދަށް ފައުޖުތައް ފޮނުވަން ނިންމައިފިއެވެ.
ސީރިއާގެ ދެކުނުގެ އެ ސަރަހައްދުގައި ކުރިން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދިޔަ ދިޔުން ހުއްޓާލާ ސުވާއިދާއިން ފައިބަަން އިޒްރާއިލްއިން ކުރިންވެސް ސަރުކާރަށް ވަނީ އަމުރުކޮށްފައެވެ. އަދި މިއަދު އިޒްރާއިލްއިން ވަނީ ސުވާއިދާއަށް ދިޔަ ބެޑޮއިންގެ ގާފިލާއަކަށް ހަމަލާދީފައެވެ.
މިކަން ހިނގާފައިވަނީ އިޒްރާއިލްއިން ޑްރޫޒުންގެ ދިފާއުގައި ކަމަށްބުނެ ސަލާމަތީ ބާރުތަކުން ސުވާއިދާއިން ފައިބާފައި ނުވާކަމަށްބުނެ ވެރިރަށް ދިމިޝްޤަށް ވަރުގަދަ ހަމަލާތަކެއް ދިންތާ ދެ ދުވަސް ފަހުންނެވެ. ހަމަލާތަކުގައި ސީރިއާގެ ޑިފެންސް މިނިސްޓްރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ބެޑޮއިންވެސް އެމީހުން ޑްރޫޒުންނަށް އިއްޔެ ހަމަލާތަކެއް ދީފައިވާނޭ ކަމުގައި އެޖަމާއަތުން ވަނީ ބުނެފައެވެ. ސަލާމަތީ ބާރުތަކުން ސުވާއިދާއިން ފޭބިފަހުންވެސް ހިނގި ހަމަނުޖެހުންތަކުގައި އެތައްބަޔަކު ދެފަރާތުންވެސް ވަނީ މަރުވެފައެވެ.
ދިމިޝްޤުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ޒެއިނާ ކޮދްރް ބުނިގޮތުގައި ސީރިއާ ސަރުކާރުން އަލުން އެ ޕްރޮވިންސަށް ސަލާމަތީ ބާރުތައް ފޮނުވަން ނިންމީ އާންމުން ގެ ރައްކާތެރިކަަމަށް އާންމުގެ ފަރާތުން ސަރުކާރުގައި އެދިފައިވާތީ އެވެ. އޭނާ ބުނިގޮތުގައި ޑްރޫޒުންގެ ބައިގިނަ އެ ޕްރޮވިންސުން ސަރުކާރު އެހީތެރިކަމަށް އެދިފައިވަނީ ބެޑޮއިން އަށް ނިސްބަތްވާ އާންމުންނެވެ.
ނަމަވެސް ސުވާލަކީ ސަރުކާރުން އަލުން ސަލާމަތީ ބާރުތައް ސުވާއިދާ އަށް ފޮނުވާ ހިސާބުން އިޒްރާއިލްއިން އަމަލުކުރާނެ ގޮތެކެވެ. އިޒްރާއިލްއިން ވާގިިވެރިވާ ޑްރޫޒުންގެ ހައްގައި ނަތަންޔާހޫ ބުނެފައި ވަނީ އެސަހަރައްދަށް ސަރުކާރުގެ ފައުޖުތަކަށް ނޭރޭނެކަމުގައެވެ. އަދި ސަރުކާރުގެ ފައުޖުތައް އަރާނަމަ އިޒްރާއިލްގެ ހަމަލާތައް ސީރިއާއަށް އަމާޒުކުރާނެކަމަށްވެސް ވަނީ ބުނެފައެވ.
ސިރިއާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އިޒްރާއިލްގެ ޝައުގަކީ ޑްރޫޒުން ހިމާޔަތް ކުރުމެއް ނޫނެވެ. އަދި އެއީ ދެކުނުގެ ބޯޑަރު ކައިރީގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ކޮންޓްރޯލް ބޭއްވުމަށް ކުރަމުންދާ ހީލަތްތެރި މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ސީރިއާގައި ޑްރޫޒުންގެ އާބާދީގެ 700,000 އެއްހާ މީހުން އުޅެއެވެ. އިޒްރާއިލްގައިވެސް ޑްރޫޒުންގެ 150,000 ހެއްހާ މީހުން ދިރިއުޅެއެވެ. އެހެންކަމުން އިޒްރާއިލްގެ މަސައްކަތަކީ އިޒްރާއިލްގެ ޑްރޫޒް ކޮމިއުނިޓީ ބޭނުންކޮށް ފުރުޞަތުގެ ބޭނުންހިފައި ސީރިއާގެ ބިމުގެ ބޮޑު ސަރަަަހައްދެއް އިޒްރާއިލްގެ ބާރުގެ ދަށުގައި ބޭއްވުމެވެ.
ރިއެކްޝަންސް






