އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4:41 އެހާކަންހާއިރުއެވެ.
ފުލުހުން ބުނީ، މޫދުން ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިއެކްޝަންސް









