ކޮންގްރެސް ޕާޓީގެ ސައިކަލު ބުރު: ގިނަ ބަޔަކު ބައިވެރިވެ، ބޮޑު ތަރުހީބެއް!

ކޮންގްރެސް ޕާޓީގެ ސައިކަލު ބުރު: ގިނަ ބަޔަކު ބައިވެރިވެ، ބޮޑު ތަރުހީބެއް!

3 hours ago - 20:30

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު، ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޚާއްސަ ސައިކަލު ބުރު މިއަދު މާލޭގައި ބާއްވައިފިއެވެ.


މިއަދު ހަވީރު ކުރިއަށްދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ރޫޙު އާލާކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ސައިކަލު ބުރު ފަށާފައިވަނީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ބުރުގެ ބައިވެރިން ހަރަކާތް ނިންމާލީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ސަރަހައްދަށެވެ.


ސައިކަލު ބުރު ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.


ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްރަށުގެ ކައުންސިލް ގޮނޑިތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.


މިއަދުގެ މި ހަރަކާތުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ލަޝްކަރެއް މި ސައިކަލު ބުރުގައި ބައިވެރިވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow