އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ރާއްޖެ ވަޑައިގެންފި
އެއަޕޯރޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ފޮރިންގ މިނިސްޓަރ: ފޮޓޯ-ފޮރިންގ މިނިސްޓްރީ

އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ރާއްޖެ ވަޑައިގެންފި

ތިން ދުވަހު ރާއްޖޭގައި މަޑުކުރައްވާނެ

1 month ago - 19:54
Aug 10, 2024 - 09:18
Advertisement

އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި އެވެ.

މިއަދު އިރުއޮއްސޭއިރު ޖައިޝަންކަރުގެ ރާއްޖެ ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ތިން ދުވަހު ރާއްޖޭގައި މަޑުކުރައްވާނެއެވެ. ރާއްޖޭގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާވެސް ބައްދަލުކުރައްވާނެއެވެ. ޖައިޝަންކަރުގެ މިދަތުރުފުޅުގައި އިންޑިޔާ އެހީގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަަށްވާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ. އަދި އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެނބުރި އިންޑިޔާއަށް ވަޑައިގަންނަވާނީ އައްޑޫ ސިޓީންނެވެ.

މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި 4 ވަނަ ފަހަރެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމްޑީޕީ ސަރުކާރުގައި ޖައިޝަންކަރު ތިން ފަހަރެއްގެ މަތީން ރާއްޖެ ވަޑައިގެންނެވި އެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައި މިވަނީ ދެގައުމުގެ ގުޅުން އަލުން ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައި ވަނިކޮށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement