އިންޑިޔާއާ ގުޅުން ވަރުގަދަކޮށް, އެކުވެރިކަމާއެކު ކުރިއަށް ދިއުމުގެ އަޒުމް!
ރާއްޖޭގެ ހާރިޖީ ވަޒީރާއި, އިންޑިޔާގެ ހާރިޖީ ވަޒީރު: ފޮޓޯ-ފޮރިންގ މިނިސްޓްރީ

އިންޑިޔާއާ ގުޅުން ވަރުގަދަކޮށް, އެކުވެރިކަމާއެކު ކުރިއަށް ދިއުމުގެ އަޒުމް!

ދެގައުމުގެ ފޮރިންގ މިނިސްޓަރުން ވަނީ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފަ

1 month ago - 06:17
Aug 10, 2024 - 09:17
Advertisement

އިންޑިޔާއާ ގުޅުން ވަރުގަދަކޮށް, އެކުވެރިކަމާއެކު ކުރިއަށް ދިއުމުގެ އަޒުމް ރާއްޖޭގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާ ކުރައްވައިފި އެވެ.

އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު އިއްޔެ އިރުއޮއްސޭއިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ދަމަހައްޓަވާނެ ކަމަށެވެ. މިމޭރުމުން ފޮރިންގ މިނިސްޓަރަު ވާހަކަ ދެއްކެވީ މިސަރުކާރު ވެރިކަމާ ހަވާލުވުމާ ހިސާބުން އިންޑިޔާއާ އޮތް ގުޅުން ހީނަރުވެފައި ވަނިކޮށެވެ. ނަމަވެސް ސަރުކާރުން އަލުން އިންޑިޔާ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން މިދައުރުގައި ފުރަތަމަ ފަހަރަށް އިންޑިޔާގެ ވަޒީރަކު ރާއްޖެ ވަޑައިގެންނެވީ އެވެ. ޒަމީރު ވިދާޅުވީ ޖައިޝަންކަރުގެ މިދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. ރޭގެ ވަގުތެއްގައި ދެގައުމުގެ ހާރިޖީ ވަޒީރުން ވަނީ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައެވެ. 

ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފައެވެ. މަރުހަބާ ވިދާޅުވީ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރެވެ. ތިން ދުވަހުގެ މިދަތުރުފުޅުގައި އިންޑިޔާގެ އެހީގައި ކުރިއަށް ގެންދާ މަޝްރުއުތައް ޖައިޝަންކަރު ބައްލަވާލައްވާނެ އެވެ. އޭގެތެރޭގައި ތިލަމާލެ ބްރިޖާއި, އައްޑޫ މަގުހެދުމުގެ މަޝްރޫއު ހިމެނެއެވެ. މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި 4 ވަނަ ފަހަރެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement