ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއާ ސަޕޯޓް" ޕޯސްޓެއް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއާ ސަޕޯޓް" ޕޯސްޓެއް ހުޅުވައިފި

17 hours ago - 09:03
Advertisement
Advertisement

ގައިދީންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއާ ސަޕޯޓް" ގެ ނަމުގައި ޚާއްސަ ޕޯސްޓެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ހުޅުވައިފިއެވެ.


މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި މިފަދަ ޕޯސްޓެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ގައިދީންނަށާއި ބަންދުމީހުންނަށް ދެމުންދާ ސިއްހީ ފަރުވާގެ ކަންކަން ތަރައްގީކޮށް، އެކަމާ ގުޅުންހުރި އިދާރީ މަސައްކަތްތައް މިހާރަށްވުރެ ލުއިފަސޭހަކުރުން ކަމަށެވެ.


މި ޕޯސްޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސީނިއާ މެނޭޖްމަންޓާއި ކަރެކްޝަންސް ސާވިސްގެ ސީނިއާ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކަރެކްޝަންސްއިން މައުލޫމާތު ދިން ގޮތުގައި، މި ޕޯސްޓު ހުޅުވުމަށްފަހު ދެ މުއައްސަސާގެ އިސްވެރިންގެ މެދުގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި، ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ އިދާރީ ލަސްތަކަށް އެކަށީގެންވާ އަވަސް ހައްލުތަކެއް ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.


އަލަށް ގާއިމުކުރެވުނު ހެލްތްކެއާ ސަޕޯޓް ޕޯސްޓުގެ ސަބަބުން، ހޮސްޕިޓަލުގެ ތެރެއިން ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ ކަންކަން އަވަސްވެ، ގައިދީންނަށް ފަރުވާ ދިނުމުގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާ އަދި ހަލުވި ވެގެންދާނެ ކަމަށްވެސް ކަރެކްޝަންސްއިން ފާހަގަކުރެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ދާދި ފަހުން 370 އެނދު އިތުރުކޮށްފައިވާ ކަމަށްވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement