ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރައީސް 14 ގަޑިއިރަށްވުރެ ގިނަ ވަގުތު!
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރައީސް 14 ގަޑިއިރަށްވުރެ ގިނަ ވަގުތު!

މިއީ ނޫސްވެރިންގެ ސުވާލުތަކަށް ރައީސަކު ޖަވާބު ދެއްވުމަށް މިހާތަނަށް ބޭއްވި އެންމެ ދިގު ޕްރެސް ކޮންފަރެންސް.

5 hours ago - 06:08
May 4, 2025 - 08:23
Advertisement
Advertisement

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު 14 ގަޑިއިރު ހޭދަކުރައްވާ ތާރީޚުން ޖާގަ ހޯއްދަވައިފިއެވެ.

ބައިނަލްއަޤްވާމީ ނޫސްވެރިންގެ ދުވަހު އިއްޔެ އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ 10:00 ގައެވެ. މިއީ ދުރާލާ އިއުލާނުކުރައްވާ, ނޫސްވެރިން ތައްޔާރުވުމަށް ވަގުތު ދެއްވައިގެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެކެވެ. އަދި ނޫސްވެރިން ތައްޔާރުވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ ދަންވަރު 12:55 ގައެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް 14 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުން މެދުކަނޑާލެއްވީ ނަމާދު ވަގުތުތަކަށެވެ. އޭގެ އިތުރުން ރޭގެ 10:15 ގައި ފަސް މިނިޓްގެ ބްރޭކެއް ނެންގެވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން އިއުލާނުކުރައްވަމުންވެސް ރައީސް ވިދާޅުވީ ކޮންމެ ކަހަލަ ސުވާލެއްވެސް ކުރެއްވޭނެ ކަމަށެވެ. ދިގުދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ބޭނުންވި ކޮންމެ ސުވާލެއް ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ފުރުޞަތު ދެއްވިއެވެ. އެންމެ ފުރަތަމަ ދެގަޑިއިރު އެމަނިކުފާނު ހޭދަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާއި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށެވެ. ނޫސްވެރީންގެ ބައްދަލުވުން ރައީސް ފެއްޓެވީ ނޫސްވެރީންގެ ހުރިހާ ސުވާލަކަށް ޖަވާބުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

Advertisement
Advertisement

އިއްޔެ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ 500 ދުވަހަށް ފަހުއެވެ. ރައީސްގެ މިނޫސްވެރިންގެ ބައްދަލުވުން ތާރީޚުގައި ލިޔެވިގެން ދަނީ އެންމެ ދިގު ނޫސްވެރީންގެ ބައްދަލުވުމުގައެވެ. ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ފެންނާން އޮތީ ޔުކްރެއިންގެ ރައީސް ޒެލެންސްކީ އެވެ. އެއީވެސް 14 ގަޑިއިރެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement