ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން ޕީ.ޖީން ކޯޓުތަކަށް އޮޓޯ ސިޓީ ފޮނުވަނީ
ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން ޕީ.ޖީން ކޯޓުތަކަށް އޮޓޯ ސިޓީ ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލްކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް ވެސް އަނިޔާ ލިބުނު މީހާއަށް ޕީޖީ އޮފީސް ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ޕީ.ޖީ އޮފީހުން ވިދާޅުވި

7 months ago - 07:10
Feb 4, 2024 - 12:14
Advertisement

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ އޮފީހުން ކޯޓުތަކަށް އޮޓޮމެޓިކުން މެސެޖް ކުރެވޭ ގޮތަށް ގޮތް ހަމަޖައްސާފައިވާ ކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގެވެށި އަނިޔާގެ މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލްކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް ވެސް އަނިޔާ ލިބުނު މީހާއަށް ޕީޖީ އޮފީސް ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ޕީ.ޖީ އޮފީހުން ވިދާޅުވިއެވެ.

ޕީ.ޖީ އޮފީހުން ވިދާޅުވި ގޮތުގައިއޭގެ އެގޮތަށް ހެދުމުގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމުގެ އިތުރުން އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އަންގައި ދިނުމެވެ.

Advertisement

އަދި މީގެ އިތުރުން ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް އަވަހަކަށް މައްސަލަ ތާވަލުކޮށް މެދުކެނޑުމެއް ނެތި އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްޓަކައި އެ ބާވަތުގެ ކޮންމެ މައްސަލައެއްގައި އެ މައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވަން ފަށާފައިވާ ކަމަށްވެސް ޕީ.ޖީ އޮފީހުން ވިދާޅުވިއެވެ.

"އެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި އެ ސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންނެވެ. މައްސަލަ ލަސްވެގެން ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތްތައް ފެންނަން ހުންނާނެ އެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ." ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement