ޗައިނާ ސަރުކާރުގެ 200 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

ޗައިނާ ސަރުކާރުގެ 200 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުން ވަނީ 5 އަހަރަށް ބަހާލައިގެން 1000 ސްކޮލާޝިޕްގެ ފުރުސަތު ދެއްވާނެކަން ވަނީ ހާމަކުރައްވާފަ.

7 months ago - 06:39
Feb 4, 2024 - 12:13
Advertisement

ޗައިނާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 200 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިފަހަރު ހުޅުވާލާފައިވަނީ މާސްޓަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 1000 ސްކޮލާޝިޕްގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ ސްކޮލާޝިޕްގެ ފުރުސަތެކެވެ.

އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވަނީ މި ސްކޮލަރޝިޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުވުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ސްކޮލަރޝިޕާއި ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވިދާޅުވެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރާ ވުޒާރާއިން ވިދާޅުވީ ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި ހޮވިފައިވާ ކޯހަކީ އެމްކިއުއޭއިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އަދި ޕްރޮފެޝަނަލް ނުވަތަ ލައިންސެންސިންގ ދާއިރާތަކުގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެއިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްގީކުރާ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement