ލާމް ސިކްސް ސެންސްގެ ޖެނެރަލް މެނޭޖަރަށް ހަމަލާދީ ޒަޚަމްކޮށްލައިފި
ލ.އަތޮޅުގައި ހިންގާ ރިސޯރޓެއް ކަމަށްވާ ސިކްސް ސެންސްގެ ޖެނެރަލް މެނޭޖަރަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ. ފުލުހުން ބުނީ ލ.އަތޮޅުގައި ހިންގާ ރިސޯރޓެއްގެ އިސް މަގާމެއް އަދާކުރާ މީހަކަށް މާރާމާރީ ހިންގި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެއީ ކޮން ރިސޯރޓެއްގެ ކާކުކަމެއް ފުލުހުން ނުބުނެއެވެ. އަދި ޒަޚަމްވި ކަމަކަށްވެސް ނުބުނެއެވެ. ފުލުހުން ބުނީ ލ.އަތޮޅު ރިސޯރޓެއްގެ އިސްމަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް, ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހާ މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.
މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.
ރިއެކްޝަންސް