
ނުބޭއްވޭނެކަން އެންގުމުން ޕޮންގަލް ފެސްޓިވަލް ކެންސަލްކޮށްފި
އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ތައްޔާރުވަމުން ދިޔަ ޕޮންގަލް ފެސްޓިވަލް ކެންސަލް ކޮށްފިއެވެ. 'ޕޮންގަލް 2025' ގެ ނަމުގައި ބާއްވަން އުޅުނު ފެސްޓިވަލް ކެންސަލް ކުރީ ކަމާގުޅުންހުރި އިދާރާތަކުން އެފެސްޓިވަލް ނުބޭއްވޭނެކަމަށް އެންގުމުންނެވެ.
ފުލުހުން ބުނީ ފެސްޓިވަލް ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމްކުރި ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހުއްޓުވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޕޮންގަލް ފެސްޓިވަލްއަކީ ހިންދޫ ދީނުގެ ފެސްޓިވަލްއެކެވެ. އެފެސްޓިވަލް މީގެކުރިން ވަނީ ރާއްޖޭގައި ބާއްވާފައެވެ. މިފަހަރުގެ ފެސްޓިވަލް ސޯޝަލް މީޑިޔާގައި އިޝްތިހާރުކުރަން ފެށުމުން ޢާއްމުން ވަނީ ފާޑުކިޔާ, އެކަން ހުއްޓުވަން ގޮވާލާފައެވެ.
ރިއެކްޝަންސް






