އެމެރިކާ ޕަސަޑޭނާގައި ރޯވި އަލިފާންގަނޑު ގަދަވަޔާއެކު ލޮސް އެންޖެލިސްގެ ބޮޑު ހިސާބަކަށް ފެތުރިއްޖެ
ލޮސް އެންޖެލިސްގައި ފެތުރެމުންދާ އަލިފާންގަނޑުގައި މެލްޑޮނަލްޑްސް އެއްގައި ރޯވެފައި. ފޮޓޯ: ރޮއިޓާސް

އެމެރިކާ ޕަސަޑޭނާގައި ރޯވި އަލިފާންގަނޑު ގަދަވަޔާއެކު ލޮސް އެންޖެލިސްގެ ބޮޑު ހިސާބަކަށް ފެތުރިއްޖެ

19 hours ago - 15:02
Jan 8, 2025 - 15:21

އެމެރިކާގެ ލޮސް އެންޖެލިސްގެ ޕެސިފިކް ޕަސެޑޭނާ ގައި ރޯވި އަލިފާންގަނޑު ގަދަ ވަޔާއެކު ފެތުރި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިއްޖެއެވެ. އަންގާރަ ދުވަހު 10:30 ގައި ރޯވި އަލިފާންގަނޑު މިހާރު 2900 އޭކަރަށް ވަނީ ފެތުރިފައެވެ.

އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުން 5,000 މީހުން ރައްކާތެރި ހިސާބުތަކަށް މިހާރު ވަނީ ބަދަލުކުރެވިފައެވެ. އިތުރު 30,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަންވެސް ވަނީ އަމުރު ނެރެފައެވެ. މިވަގުތު ލޮސް އެންޖެލިސްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އަނދަމުންދާ ކެލިފޯނިއާ ހިމެނޭ ލޮސްއެންޖެލިސް ފެންނަ ވީޑިއޯތައް ފެންނަ ގޮތުން އަލިފާން ނިއްވުމުގައި ގަދަ ވައިގެ ސަބަބުން ފަޔަރ ފައިޓަރުންގެ މަސައްކަތް ނާކާމިޔާބުވެ އަލިފާންގަނޑު އިންތިހާއަށް ދަނީ ފެތުރެމުންނެވެ.

Advertisement
Advertisement

"އަހަރެމެންނަށް ބޭނުންކުރެވެން ހުރި ހުރިހާ އާލާތެއް މިދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރަން ބޭނުންކުރަމުން. އެންމެ ބޮޑަށް އަސަރުކުރަމުންދަނީ އިރު-އުތުރު ސަރަޙައްދުތަކަށް" ކެލިފޯނިއާ ސިޓީގެ ޕަސެޑޭނާގެ އިންފޮމޭޝަން ކޯޑިނޭޓަރ ޖެނިފަރ ކޮލްބީ އާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައި ވެއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި 1400 ފަޔަރ ފައިޓަރުން މިވަގުތުވެސް ދަނީ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެހެން ސްޓޭޓްތަކުންވެސް ގިނަ އަދަދެއްގެ ފައިޓަރުން ވަރަށް އަވަހަށް މަސައްކަތާ ގުޅޭނެއެވެ.

ބީބީސީ ގެ މީޓިއޮރިލޮޖިސްޓް ސިމޯން ކިންގް މައުލޫމާތު ދީފައިވާ ގޮތުގައި ކެލިފޯނިއާ ސަރަޙައްދުގައި މިހާރު އުފެދިފައިވާ ގަދަ ވަޔަކީ މޫސުމީ ޕެޓާންތަކަށް އައި ބަދަލާއެކު އެފެދުނު "ސެންޓާ އަނާ" އެވެ. މިވައި އުފެދެނީ ނެވާޑާ އަދި އޫޓާ ހިމެނޭ ސަރަހައްދުގެ ވައިގެ ޕްރިޝަރު މަތިވެ އެރިޒޯނާ އަދި ދެކުނު ކެލިފޯނިއާ ސަރަޙައްދުގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ސަންޓާ އަނާ ވައިގެ ބާރު އެންމެ ގަދަވާއިރު ގަޑިއަކު 97-129 ކިލޯމީޓަރަށް ވައި ޖެހޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow