އައު ޓާމިނަލާއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެ: ޝަރީފް

އައު ޓާމިނަލާއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެ: ޝަރީފް

އައު ޓާމިނަލްއާއިއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެއެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ

8 months ago - 07:38
Jan 18, 2024 - 08:36
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ބޭނުންކުރަންފެށި އާ ޓާމިނަލާއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެއެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝަރީފްވަނީ އައު ޓާމިނަލް ހުޅުވިގެންދިއުމާއިއެކު ގިނަ މަންފާތަކެއް ހާސިލުވެގެންދާނެކަން ހިއްސާކުރައްވާފައެވެ.

އައު ޓާމިނަލްއާއިއެކު މުއައްޒަފުންގެ އަދަދުތައް އިތުރުވެގެންދާނެކަމަށާއި އެމްއޭސީއެލްއަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 25 އާއި 30 އިންސައްތައާއި ދެމެދުގެ އަދަދަކަށް އިތުރަށް މުއައްޒަފުން ބޭނުންވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ކަނޑައެެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ތައާރަފްކުރުމާއި މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަންއާއި ގުޅިގެން މީހުންގެ ސްކިލް ޑިވެލޮޕްކުރުމުގެ އިތުރުން މުއައްޒަފުންނަށް ތައުލީމު ހާސިލުކުރެވޭނެ މަގުފަހިކުރުންވެސް ހިމެނޭކަމަށެވެ.

Advertisement

ޝަރީފް ވިދާޅުވީ، އެއަރޕޯޓަކީ ޓެކްނިކަލް މާހައުލެއްކަމަށްވުމުން އެމްއޭސީއެލްއިން އަބަދުވެސް އެ ކުންފުނީގެ މުއައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ.

އެއަރޕޯޓުގައި މިހާރު މަސައްކަތްކުރާ މުއައްޒަފުންގެ 90 އިންސައްތައަކީ ދިވެހިންކަމަށާއި އެ އަދަދު ދެމެހެއްޓުމަށް ގަސްތުކުރައްވާކަންވެސް އޭނާ ހިއްސާކުރެއްވިއެވެ.

އެހެންކަމުން ދިވެހިން ވަޒީފާތަކުގައި ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށާއި، އެކަމުގެ ތެރޭގައި އެކަށީގެންވާ މުސާރައެއް ދިނުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement