ކާޑުތަކުގެ ލިމިޓީޝަނަށް ބަދަލެއް ގެންނަން ނުނިންމަން: ސަރުކާރު

ކާޑުތަކުގެ ލިމިޓީޝަނަށް ބަދަލެއް ގެންނަން ނުނިންމަން: ސަރުކާރު

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފް ވާހާކައެއް ކަމަށް ފިނޭންސް ބުނެފި

5 months ago - 23:08
Feb 13, 2024 - 14:13
Advertisement

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފް ވާހާކައެއް ކަމަށް ފިނޭންސް ބުނެފިއެވެ.

ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ދީފިއެވެ.

Advertisement

ފިނޭންސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާ ބަޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް އެ މިނިސްޓްރީ އާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށްވެސް ފިނޭންސްއިން ވަނީ ބުނެފައެވެ.

Advertisement

އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔާގިންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

ފިނޭންސްއިން ބުނެފައިވަނީ އިގްތިސާދީ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރު ކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރުފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement