
ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމީދު އާއި ސަލީމް އައްޔަން ކުރައްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ނ. ހެނބަދޫ، ނޫރާނީމާގެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ އަލްއުސްތާޛު މުޙައްމަދު ސަލީމް ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދެބޭފުޅުން ފަބޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިއަދުއެވެ. ރައްޔިތުންގެ މަޖިލިހުން އެދެބޭފުޅުންނަށް ރުހުން ދެއްވީވެސް މިއަދުއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.
އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުން އެކޯޓްގެ ފުލް ބެންޗް ހަމަވީއެވެ.
ރިއެކްޝަންސް






