އިޒްރާއިލްއިން 20 މަސްދުވަހުގެ ޤަތުލްއާންމުގައި ޣައްޒާގެ 55,000 މީހުން ޝަހީދުކޮށްލައިފި
ހަމަލާތަކުގައި ޝަހީދުވެފައިވާ ހަށިގަނޑަކާއެކު އާއިލާ މީހުން. ފޮޓޯ: އަލީ ޖާދުالله

އިޒްރާއިލްއިން 20 މަސްދުވަހުގެ ޤަތުލްއާންމުގައި ޣައްޒާގެ 55,000 މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 24ގަޑިއިރުގެ ތެރެގައިވެސް ވަނީ 120 މީހަކު ޝަހީދުކޮށްލާފަ

2 months ago - 19:53
Jun 11, 2025 - 20:09
Advertisement
Advertisement

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމަށް 20 މަސްވެފައިވާއިރު މިއަދާހަމައަށް ފަލަޞްޠީނުގެ 55,000 ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފާއިތިވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި 120ށް ވުުރެ ގިނަ މީހުން ޝަހީދުވެ, 474 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. 

މިއާއެކު އެހީހޯދުމަށް އެހީ ބަހާ ޕޮއިންޓްތަކުގައި ތިބި މީހުންގެ ގަޔަށް ބަޑިޖަހާ ދިން ހަމަލާތަކުގައިވެސް ޖުމްލަ 224 މީހުން ޝަހީދުވެ, 1,858 މީހަކު ވަނީ ޒަހަމްވެފައެވެ.

މީގެ ތެރެއިން ގިނަ ބަޔަކު ޝަހީދުކޮށްލާއިވަނީ ރޭ ދަންވަރު ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައެވެ. އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ އެސަރަހައްދަށް ބަޑިޖެހިކަމަށް އެއްބަސްވެ އެހާދިސާ ބަލަމުން އަންނަކަމަށް ބުނެފައެވެ.

Advertisement
Advertisement

ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ގާއިމްކޮށްފައިވާ އެހީ ބަހާ ޕޮއިންޓަށް އެހީ ހޯދުމަށްދިޔަ އިސާމް ވަޙްދާން ވަނީ އޭނާގެ ބޭބެ ގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖަހާ މަރާލިގޮތް އަލްޖަޒީރާއަށް ކިޔައިދީފައެވެ. 

"އަަހަރެމެން ވަރަށްގިނަ ފަހަރު އެހީ ލިބޭތޯ ދިޔައިން. އެކަމަކު އެނަސީބެއް ނުލިބުނު. އެހެންވެ އަހަންނާ އަހަރެންގެ ބޭބެ ނިންމީ ދަންވަރު އެތަނަށް ގޮސް ކިއޫގަ ތިބެން. އަހަރެެމެންނަށް ދެވުނުތަނާ މީހުންތަކުގެ ތެރެއަށް ބަޑިޖަހަން ފަށައިފި. އަހަންނަށްކަށް ހަދާނެގޮތެއްވެސް ނޭނގުނު" ވަޙްދާން އާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.

ވަޙްދާން ބުނީ ކޮންމެ ގޮތަކުންވެސް އެހީހޯދަން މަޖުބޫރުވެފައިވާ ހާލު އެތަކުގައި މަޑުކުރި ކަމަށާއި ބޭބެގެ ތިންކުދިންވެސް ޓެންޓުގައި ތިބީ ހައިހޫނުކަމުގައި ކަމުގައެވެ. ނަމަވެސް ހަމަލާތަކުގައި ބޭބެގެ ފުރާނަ އެރޭ ދިޔައީ ކަމުގައި އަސަރާއެކު ވަޙްދާން ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement