އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ރައީސް ހިއްސާ ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާާ ޔޫރަޕިއަން ޔޫނިއަންގެ ރައީސާއާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ރައީސް ހިއްސާ ކުރައްވައިފި

24 days ago - 09:55
Advertisement

އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު, ޔޫރަޕިއަން ކޮމިޝަންގެ ރައީސާއާ  ހިއްސާ ކުރައްވައިފިއެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަންއާ ކަންބޮޑުވުންތައް ރައީސް ހިއްސާ ކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުކުރެއްވުމުގެއް ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ. އެގޮތުން ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ދިވެހިރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުމެވެ. ދިވެހިރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ހިއްޞާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ވަނީ އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ދިވެހިރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ސިޔާސަތުތަކަށް ތަޢުރީފުކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ދެފަރާތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިޔަށްއޮތްތަނުގައިވެސް އެކުގައި އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދު ދެގައުމުންވެސް އައުކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement