މާފުށި ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ
ދަންޖެހިގެން މަރުވީ މާފުށި ޖަލުގައި

މާފުށި ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

24 days ago - 10:06
Advertisement

މާފުށި ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ. ދަންޖެހިގެން މަރުވީޝަރިއަތް ނިމެންދެން ބަންދުގައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ޢަބްދުލް ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 6:52 ގައި ކަމަށެވެ. ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަކަމަށް ކަރެކްޝަނުން ބުންޏެވެ. އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރު ކަނޑައެޅީ 7:21 ގައި ކަމަށް ކަރެކްޝަނުން ބުންޏެވެ..

އަބްދުލް ޣަނީ އަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޢަބްދުލް ޣަނީ އިސްމާޢީލް މަރުވުމާ ގުޅިގެން އެކަން ވަގުތުން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. އަދި އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އެކަން ތަހުގީގުކުރަން ފަށާފައިވާކަމަށްވެސް ބުންޏެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement