ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ރޮޑްރީއަށް ސިޒަން ނިމުމުގެ ބިރު
ރޮޑްރީ ޗެމްޕިއަންސް ލީގު ތަށްޓާއެކު: ފޮޓޯ- ސިޓީ

ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ރޮޑްރީއަށް ސިޒަން ނިމުމުގެ ބިރު

24 days ago - 11:08
Sep 24, 2024 - 11:08

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު އާސެނެލްއާ ދެކޮޅަށް ކުޅެ 2-2 ން އެއްވަރުވި މެޗުގައި  މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްޕީލްޑަރު ރޮޑްރީގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސީޒަންގެ ބާކީހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވިދާނެކަމުގެ ބިރުހީވެއްޖެއެވެ. 

މަސްދަރުތައް ބުނާގޮތުން ހޯމަ ދުވަހު ހެދި ފުރަތަމަ ޓެސްޓުތަކުން ދައްކާގޮތުގައި ރޮޑްރީގެ ކަނައަތު ފައިގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް ސަރޖަރީއަކަށް ދާންޖެހޭނެތޯ މުޅިން ނިންމާނީ އަދި އިތުރު ޓެސްޓްތައް ހެދުމަށްފަހު ކަމަށް މަސްދަރުތަކާ ހަވާލީ އީއެސްޕީއެންގައި ރިޕޯޓްކޮށްފައި ވެއެވެ.

އާދިއްތަ ދުވަހުގެ މެޗުގެ 21 ވަނަ މިނިޓްގައި ރޮޑްރީއަށް އަނިޔާވެ ބަދަލުކުރިއެވެ. މިސީޒަނުގައި ރޮޑްރީ ކުޅެފައިވަނީ އަދި އެންމެ 66 މިނިޓެވެ.

ސްޕެއިންނަށް ޔޫރޯ-2024 ކާމިޔާބުކޮށްދިނުމުގައި މުޙިއްމު ދައުރެއް އަދާކުރި ރޮޑްރީވަނީ ބެލެންޑޯ އޮވޯޑަށް ނޮމިނޭޓްވެފައެވެ. ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޙާސިލްކުރީވެސް އޭނާއެވެ.

Advertisement

ސިޓީން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޕްރިމިއަ ލީގުގެ ތަށި ދިފާއުކުރަން ނުކުއިން ދަތުރުގައި ރޮޑްރީ ނެތުންވެގެން ދާނީ މުޅި ޓީމަށްވެސް ލިބޭ ވަރަށްބޮޑު ނުތަނަވަސްކަމަކަށެވެ. އަނިޔާގެ މައްސަލަތައް މަދު ރޮޑްރީ އަކީ ކޯޗް ޕެޕް ގާޑިއޯލާގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ, އަދި ސިޓީން އެކުޅުންތެރިއަކަށް އެންމެބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔާއެވެ.

ފާއިތުވި ހަފްތާގައި ރޮޑްރީ ދިން އިންޓާވިއުއެއްގައި އޭނާވަނީ ސީޒަންގައި ގިނަ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ބުރަ ބޮޑުވެ "ކުޅުންތެރިން ހަޅުތާލަކަށް ގޮސްދާނެކަމަށް" ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

28 އަހަރުގެ ރޮޑްރީ ވަނީ ފާއިތުވި ސީޒަންގައި ސްޕެއިން އަށާއި ސިޓީއަށް 63 މެޗު ކުޅެދިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ރަނގަޅު ފެންވަރުގައި ކުޅުންތެރިއަކަށް ސީޒަނެއްގައި ކުޅޭވޭނީ 40-50 މެޗެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ސިޓީން ނިއުކާސަލް ޔުނަޓެޑާ ދެކޮޅަށް ނިކުންނަ އިރު ކެޕްޓަން ކެވިން ޑީބްރޭނާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow